ދިޔަވަރު އެންމެ ބޮޑުވާ ވަގުތުތަކުގައި ރާއްޖޭގެ ބައެއް ހިސާބުތަކަށް އުދަ އަރާފާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފި އެވެ.

މެޓް އޮފީހުން ބުނީ، ގަޑިއަކު ތިން މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އާދައިގެ ވަރަކަށް ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށެވެ.

މެޓް އޮފީހުން ބުނީ، މޫސުން ރަނގަޅު ނަމަވެސް ދިޔަވަރު އެންމެ ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާކަމެއް ކަމަށެވެ. އެގޮތުން އުތުރުގެ ސަރަހައްދުތަކަށް އެންމެ ދިޔަވަރު ބޮޑުވެ އުދަ އަރާނެ ކަމަށް ލަފާކުރެވެނީ މިއަދު މެންދުރު 11:09 އެހާއިރުއެވެ. އަދި މެދު ރާއްޖޭގެ ސަރަހައްދުތަކަށް މިއަދު މެންދުރު 12:47 އުދަ އަރާނެ ކަމަށް ލަފާކޮށްފައިވާއިރު ދެކުނުގެ ސަރަހައްދުތަކަށް މެންދުރުފަހު އުދައަރާނެ ކަމަށް ލަފާކޮށްފައިވަނީ 1:49 އެހާއިރުއެވެ.

މިއަދު މެންދުރު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އުދަ އަރާނެ ކަމަށް މެޓް އޮޮފީހުން ލަފާކޮށްފައިވާއިރު، ކާނިވާ ސަހަރައްދު ހިމެނޭހެން ރޭ ވަނީ މާލޭގެ ބައެއް ސަރަހައްދުތަކަށްވެސް އުދަ އަރާފަ އެވެ. މީގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްތަކަށްވެސް ރޭ ދަންވަރު އުދަ އަރާފައި ވެއެވެ. މިދުވަސްވަރަކީ އާންމުކޮށް ރާއްޖޭގެ ގިނަ ކަންކޮޅުތަކަށް ދިޔަވަރު ބޮޑުވާ ދުވަސްވަރެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.