ހުޅުމާލެއިން ގިނަ އަދަދެއްގެ ބަނގުރާފުޅި ތަކަކާއެކު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ އިދާރާއިން މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ހުކުރު ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި މި އޮޕަރޭޝަން ހިންގާފައި ވަނީ ސަފާރީއަކުން ހުޅުމާލެއަށް ބަނގުރާ އެތެރެކުރަންއުޅޭކަމަށް ފުލުހުންގެ އިންޓެލިޖަންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަންގައި ބަނގުރާ އެތެރެކުރަން އުޅުނު ކާރު ބަލައި ފާސްކުރުމުގެ ތެރޭގައެވެ. އެގޮތުން އެ ކާރުން ބަނގުރާފުޅި ކަމަށް ޝައްކު ކުރެވޭ 33 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން މިހާރު ގެންދަނީ ތަހުގީގު ކުރަމުން ނެވެ.