ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްޢަޒީޒްގެ ބޭބޭފުޅު ޕްރިންސް ތަލާލް ބިން އަބްދުލްޢަޒީޒް މިއަދު އަވަހާރަވެއްޖެއެވެ.

އުމުރުފުޅުން 87 އަހަރުފުޅުގައި ޕްރިންސް ތަލާލް އަވަހާރަ ވެއްޖެކަން ޓުވިޓަރ މެދުވެރިކުރައްވައި ހާމަކުރެއްވީ، ދަރިކަލުން ޕްރިންސް އަބްދުލްއަޒީޒް ބިން ތަލާލް އެވެ. މަޝްހޫރު ބިލިއަނަރ ޕްރިންސް ވަލީދު އަކީވެސް ޕްރިންސް ތަލާލްގެ ދަރިކަލެކެވެ.

ޕްރިންސް ތަލާލް ވަނީ 1950 އަދި 1960 ގެ އަހަރުތަކުގައި ސައުދީ އަރަބިއާގެ ކޮމިއުނިކޭޝަން މިނިސްޓަރ ކަމާއި ފިނޭންސް މިނިސްޓަރ ކަންވެސް ކުރައްވާފައެވެ. މީގެ އިތުރަށްވެސް ޕްރިންސް ތަލާލް އަކީ ސައޫދީގެ ތައުލީމީ ދައިރާއަށް ވަރަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. މިގޮތުން ޕްރިންސް ތަލާލް ވަނީ 1954 ވަނައަހަރު ސައޫދީ ގައި ފުރަތަމަ ފަހަރަށް ވޮކޭޝަނަލް ޓްރޭނިން ސެންޓަރެއް އުފައްދަވާފައެވެ. އަދި ސައޫދީގައި ފުރަތަމަ އުފެދުނު އަންހެން ކުދިންގެ ސްކޫލްގެ ބާނީ އަކީވެސް ޕްރންސް ތަލާލް އެވެ.

ޕްރިންސް ތަލާލް އަވަހާރަވީ ވަރަށް ގިނަދުވަހު އާލާސްކަންފުޅާއި އުޅުއްވުމަށް ފަހުގައެވެ. ޕްރިންސް ތަލާލް އަކީވެސް ސައޫދީގެ ޝާހީ އާއިލާ ރިފޯމް ކުރެއްވުމަށް ތާއީދު ކުރައްވާ ބޭފުޅެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.