އައްޝައިޚް އިލްޔާސް ހުސައިން

ރައީސް ޔާމީނު އާއިއެކު، ގައުމަށް ހިޔާނާތްތެރިވި މީހުންނަށް ރައްޔިތުން ނޫނެކޭ ބުނެފައި ވާކަމަށާއި، އެކަން ގަބޫލު ނުކޮށް ގައުމު ހަލަބޮލިކުރަން މަސައްކަތް ނުކުރުމަށް މަޝްހޫރު ދީނީ ޢިލުމުވެރިޔާ ޝެއިހް އިލިޔާސް ހުސައިން، އިދިކޮޅު ފަރާތްތަކަށް މިއަދު ގޮވާލައްވައިފިއެވެ.

އިލިޔާސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، ނިމިގެންދިއަ ވެރިކަމުގައި ދައުލަތުގެ ހަޒާނާއަށް ހިޔާނާތްތެރިވި ބަޔަކަށް ބޮޑުތަނުން ރައްޔިތުން ނޫނެކޭ ބުނެފައި ވާކަމަށެވެ. "ރައްޔިތުން ނޫނެކޭ ބުނީމަވެސް އެކަން ގަބޫލު ނުކޮށް، ގައުމު ހަލަބޮލި ކުރަން އުޅުމުގެ ބަދަލުގައި ރައްޔިތުންގެ ނިންމުމަށް އިހްތިރާމުކޮށް، ﷲ އަށް ބިރުވެތިވެ ތައުބާވުން މާރަނގަޅު" ކަމުގައި، އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީޙުގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ އިލިޔާސް ވިދާޅުވެފައި ވެއެވެ.

ޝެއިހް އިލިޔާސް މިގޮތަށް މި ގޮވާލެއްވީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަމާއި ދެކޮޅަށް، އިދިކޮޅު ޕީޕީއެމް އިން މަދު ބަޔަކާއިއެކު ސިލްސިލާ މުޒާހަރާ ތަކެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ. މި މުޒާހަރާ ތަކުގައި ބައިވެރިވާ މީހުން ގެންދަނީ، ސަރުކާރު ވައްޓާލަން މަގުމަށްޗަށް ނިކުންނާނެ ކަމުގެ އިންޒާރުވެސް ދެމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *