މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި، ފިއުސް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ހަދާފައިވާ ވަގުތީ ޕެޓްރޯލް ޝެޑްގެ ޖާގަ އިތުރުކޮށް ހިދުމަތް ދޭން ފަށައިފިއެވެ.
އިންޑަސްޓްރިއަލް ވިލެޖުގައި އެފްއެސްއެންގެ ޕެޓްރޯލް ޝެޑެއް ހުޅުވައި ހިދުމަތްދޭން ފެށީ ހުސްވި އަހަރުގެ ތެރޭގައެވެ.
ވަގުތީ ޝެޑް ފުޅާކޮށް މި ޕެޓްރޯލު ޝެޑުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 23:00 އަށް ހިދުމަތްދޭނެ އެވެ.
ހުކުރު ދުވަހު ހިދުމަތް ދޭނީ މެންދުރުފަހު 14:00 އިން ރޭގަނޑު 23:00 އަށެވެ. މީގެ އިތުރުން ކޮންމެ ނަމާދުގަޑިއެއްގައި 20 މިނެޓަށް ޝެޑް ބަންދުކުރާނެ ކަމަށް އެފްއެސްއެމްއިން ބުންޏެވެ.
އެފްއެސްއެމްއިން ވިއްކާ ޕެޓްރޯލް ލީޓަރެއްގެ އަގަކީ 10.79 ރުފިޔާ އެވެ.