ނަޖިހެއް ކަމުގައިވާ އޫރުން ތައްޔާރުކޮށްފައިވާ އުފެއްދުމެއް ރާއްޖޭގެ ބާޒާރުގައި ވިއްކަމުންދާކަން ހާމަވެއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ރާއްޖޭގެ މަޝްހޫރު ސުޕަމާކެޓެއްގެ އިތުރުން އެހެން ބައެއް ފިހާރަތަކުގައި ވިއްކަމުންދަނީ އޫރުން އުފައްދާފައިވާ 'ޖެލިޓާ' ބްރޭންޑްގެ ޖެލަޓިން އެވެ. އަދި މި އުފެއްދުމުގައި 'ހަލާލު' ލޭބަލްވެސް ޖަހާފައެއް ނުވެއެވެ.

މާލޭގެ ސުޕަމާކެޓަކުން މި އުފެއްދުން ގަތް މީހަކު އޮންލައިން ނޫހެއްކަމަށްވާ "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އެއީ 100 ޕަސެންޓް އޫރުން ތައްޔާރުކޮށްފައިވާ އުފެއްދުމެއްކަން އެނގުމުން އެ ފިހާރައަށް ގޮސް އެކަމުގެ ޝަކުވާ ކުރުމުން އެ ފިހާރައިގެ ހަރުގަނޑު ތަކުން އެބާވަތުގެ ޖެލަޓިން ނަގާފައިވާ ކަމަށެވެ.

ފޮޓޯ: ރާއްޖެ.އެމްވީ

މީގެ އިތުރުން އެ ފިހާރައިގައި އެ އުފެއްދުން ވިއްކަން ބަހައްޓާފައި ހުރީ ކަސްޓަމްސްއިން އެ އުފެއްދުން އެތެރެ ކުރުމުގެ ހުއްދަ ދީފައިވާތީ ކަމަށް އެ ފިހާރައިން ބުނި ކަމަށް އޭނާ ބުންޏެވެ.

ކަސްޓަމްސްގެ ޤާނޫނުގެ 78 ވަނަ މާއްދާގައި ވަނީ ރާއްޖެ އެތެރެކުރެވޭ މުދަލުގައި ބޭނުންކުރުން މަނާ އެއްޗެއް ހުރިތޯ ބަލައި ފާސްކުރަން ޖެހޭ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *