އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ އުމައްޔާ ޙާން އާއި ގޯވާއަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ ސަފީނާ ޙާން ސައުދާގަރް އަކީ އިސްލާމީ އުންމަތް އެ ކަނބަލުންގެ އީމާންތެރިކަމުން މިސާލު ލިބިގަންނަން ޖެހޭ ދެ ކަނބަލުންނެވެ.

މި ދެ ކަނބަލުން ވަނީ މުސްލިމަކަށް ވީތީ އިންޑިއާގެ ނޭޝަނަލް އެލިޖިބިލިޓީ ޓެސްޓް، (ނެޓް) ހެދުމުން މަހުރޫމްކޮށްފައެވެ. ހަޔާތުގައި ކުރިއަށް ދިޔުމަށް ކޮންމެހެން މުހިންމު އިމްތިހާނެއްގައި ބައިވެރިވިޔަ ނުދީ އެ ދެ އަންހެނުން ބާކީ ކޮށްފައިވަނީ ބުރުގާ އެޅުމަކީ އިމްތިހާނުގެ ގަވައިދާއި ހިލާފުވާ ކަމެއް ކަމަށް ބުނެއެވެ. އިމްތިހާނުގައި ބައިވެރިވުމަށް މި ދެ އަންހެނުންނަށް ހަމަ އެކަނި އޮތް ގޮތަކީ އައުރަ ކަޝްފު ކުރުމެވެ.( ބުރުގާ ބޭލުމެވެ) ނަމަވެސް އުމައްޔާ އާއި ސަފީނާ އިހްތިޔާރުކުރީ އުޙްރަވީ އިމްތިހާނެވެ.

އެހެންކަމުން އިމްތިހާނު ގެއްލުމުން، ނުވަތަ އިމްތިހާނުގައި ބައިވެރިނުވެވުމުން ލިބިދާނެ ގެއްލުމަކަށް ފަރުވާލެއް ނުބަހަށްޓާ ހިތްވަރުގަދަ އެ ދެ ކަނބަލުން އިސްކުރީ އިސްލާމީ ރިވެތި ފޭރާމެވެ.

އުމައްޔާއާއި ސަފީނާ ވަނީ އެ ދެމީހުންނަށް ކުރިމަތިވި ހާދިސާ އެމީހުންގެ ޓްވީޓާގައި ހިއްސާކޮށްފައެވެ. ޓްވިޓާގައި އެ މީހުންނަށް ކަންތައް ވި ގޮތް ހިއްސާކުރުމުން އެތައް ހާސް ބައެއް ވަނީ އެކަމާއި ހިތްހަމަ ނުޖެހުން ފާޅުކޮށް މުސްލިމަކަށް ވިޔަސް ލިބެން ޖެހޭ ހައްގުތައް ކަށަވަރުކޮށްދޭން ޖެހޭ ކަމަށް ބުނެ ޝުއޫރު ފާޅުކޮށްފައެވެ. ނަތީޖާއަކަށް ވީ އިންޑިއާގެ ބުރުގާ އެޅިޔަސް ކޮންމެ އިމްތިހާނެއްގައި ބައިވެރިވެވޭނެ ކަމުގައި އިންޑިއާ ސަރުކާރުން ނިންމުމެވެ. މިއީ ހިތްވަރުގަދަ ދެ ކަނބަލެއްގެ މިންނެތް މަސައްކަތުގެ ފޮނި ނަތީޖާއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *