ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ގެ އިތުބާރު ނެތް މައްސަލަ ކުރިއަށްނުގެންދާތީވެ، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މުހައްމަދު(އަބުޅޯ) އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޕީޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީވެސް އަބުޅޯ އެވެ. ނަމަވެސް ހަމަ އެދުވަހު އޭނާ ވަނީ އެމައްސަލަ އަނބުރު ނަންގަވާފައެވެ. ނަމަވެސް މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު އަނެއްކާވެސް އަބުޅޯ ވަނީ މިމައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައެވެ. އެކަމަކު މަޖިލީހުގެ ތިންވަނަ ދައުރު ނިމުނުއިރުވެސް އެމައްސަލަ ތާވަލުކުރެވިފައެއް ނުވެއެވެ.

މިކަމާއި ކަންބޮޑުވުން ފާޅުކުރައްވައި އަބުޅޯ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ނިންމާލި އިރުވެސް އޭނާ މަޖިލީހަށް ހުށަހަޅާފައިވާ ޕީޖީގެ އިތުބާރުނެތް ކަމުގެ މައްސަލަ އެޖެންޑާ ނުކޮށް ދިއުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމުގައެވެ. އަދި މަޖިލީހުގެ އަމީންއާމް އާއި ހަވާލާ ދެއްވައި އަބުޅޯ ވިދާޅުވެފައި ވަނީ، ޕީޖީގެ އިތުބާރުނެތް ކަމުގެ މައްސަލަ މިހާރު އޮތީ މަޖިލީހުގެ މިނިވަން މުއައްސަސާ ތަކާއި ބެހޭ ކޮމިޓީގައި ކަމަށެވެ.

މަޖިލީހުގެ މިއަހަރުގެ ފަހު ދައުރު ނިމިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގައެވެ. ނަމަވެސް އެދުވަހު ބޭއްވުނު ޖަލްސާ އަށްވެސް، މަޖިލީހުގެ ޤަވާއިދު ބުނާ އަދަދަށް މެންބަރުން ހާޒިރު ނުވުމުގެ ސަބަބުން އެޖެންޑާ ކުރެވިފައިވާ މަސައްކަތްތައް ކުރިއަކަށް ނުގެންދެވުނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *