ދިވެހި ސިފައިންގެ 127 އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މާދަމާ ޖުމްހޫރީ މައިދާނުގައި އެމްއެންޑީއެފްގެ ޑްރިލް ސްކޮޑްގެ ހެވިކަން ތަމްސީލުކޮށްދިނުން ކުރިއަށް ގެންދެވޭނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ،

މި ޑްރިލް ސްކޮޑް ހުށައަޅައިދޭ ޑްރިލް ޑިިސްޕްލޭ ހުށައަޅައިދޭން ނިންމައިފައިވަނީ އެއްވެސް ކޮމާންޑެއް ނެތި ހުށައަޅައިދޭ ހެވިކަމުގެ ހަރަކާތެއްގެ ގޮތުގައެވެ.

ސިފައިން މައުލޫމާތު ދިންގޮތުން ޖުމްހޫރީ މައިދާނުގައި ގައުމީ ސިފައިންގެ ހެވިކަން ދައްކާލުން އޮންނާނީ 26 އޭޕްރިލް ވާ ހުކުރުދުވަހު (މާދަމާ) ހަވީރު 16:45 ގައެވެ.

ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މި އަހަރުވަނީ ގިނަ އަދަދެއްގެ ހަރަކާތްތައް އެކި ރަށްރަށުގައި ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި މާލެއާއި ހުޅުމާލޭގައިވެސް ސިފައިންގެ ހެވިކަމުގެ ހަރަކާތްތައް ދައްކާލައިފައިވާއިރު މިއަދު ހަވީރު 16:45 ގައި ވިލިމާލޭގައި ހެވިކަމުގެ ހަރަކާތް އޮންނާނެ ކަމަށް ސިފައިން ވިދާޅުވެއެވެ. މި ހަރަކާތް ކުރިއަށް ގެންދާނީ ވިލިމާލޭގެ ބަނދަރު ސަރަހައްދުގައެވެ.

އެމްއެންޑީއެފްގެ ޑްރިލް ޑިސްޕްލޭތަކަކީ ގިނަ ދިވެހިންގެ ތަރުހީބު އަބަދުވެސް ހޯދަމުން އަންނަ ހަރަކާތެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *