ދައުރުން ބޭރުގަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވައިދިނުމަށް ހުށައެޅުމަށް، ވެރިކަންކުރާ އިއްތިހާދުގައި ހިމެނޭ ހަތަރު ލީޑަރުން އެއްބަސް ވެއްޖެއެވެ. މިގޮތަށް އެއްބަސްވީ އިއްޔެ ހަތަރު ލީޑަރުން ބޭއްވި ބައްދަލުވުމުގައެވެ.

ހަތަރު ލީޑަރުން އެއްބަސް ވެފައި ވަނީ، ފާސްނުކުރެވި ހުރި މުހިއްމު ބިލް ތަކެއް ފާސްކުރުމަށް ޖެނުއަރީ މަހުގެ ތެރޭގައި މަޖިލީހުގެ ޖަލްސާއެއް ބާއްވައިދިނުމަށް ހުށަހެޅުމަށެވެ.

މިމަހުގެ 15 އާއި ހަމައަށް މަޖިލީހުގެ ދައުރު ދިގުދަންމާލައިގެން ބޭއްވުނު ޖަލްސާއަށް ވެސް، ބިލްތަށް ފާސްކުރުމަށް ބޭނުންވާ އަދަދަށް މެންބަރުން ހާޒިރު ނުވުމުގެ ސަބަބުން ބިލްތަކަށް ވޯޓަށް އިހިފައެއް ނުވެއެވެ.

އެޖަލްސާގައި ވޯޓަށް އެހުމަށް އެޖެންޑާ ކޮށްފައި އޮތީ، ރައީސް އުފައްދަވައިފައިވާ ރިޔާސީ ކޮމިޝަން ތަކަށް ބާރުތަށް ދިނުމުގެ ބިލާއި، ޕެންޝަން ފަންޑުން ފަރުޟް ހައްޖު ވުމަށް ފައިސާ ހަމަޖައްސައިދިނުމަށް ހުއްދަދޭ ބިލެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *