މިރޭ ފައިނަލް މެޗުގައި މާރަންދޫ ޔޫތު ސޮސައިޓީ ކާމިޔާބު ކުރީ 2-0 ގެނަތީޖާ އަކުން އިހަވަންދޫ އަށް ނިސްބަތްވާ ޖަންގަލް ބަލިކުރުމަށްފަހު އެވެ.

މިމެޗުގެ ފުރަތަމަ ލަނޑު ޖެހީ ފުރަތަމަ ހާފު ނިމެނިކޮށް މާރަންދޫ ޔޫތު ސޮަސައިޓީގެ ޖާޒީ ނަންބަރު 9 އަލީ އިހްސާން(އިއްޓެ) އެވެ. ދެވަނަ ލަނޑު ޖެހީ ދެވަނަ ހާފް ގައި ޖާޒީ ނަންބަރު 19 މުހައްމަދު އާދަމެވެ.

މެޗު ނިމުމުން އެކިއެކި މަޤާމް ތަކަށް ހޮވުނު ފަރާތް ތަކަށް މެޑެލް އާއި ޓޮރޮފީ ހަވާލު ކުރެއްވީ އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރ މުހައްމަދު އަބުދުއްﷲ އެވެ.

ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކީ މާރަންދޫ ޔޫތު ސޮަސައިޓީގެ ޖާޒީ ނަންބަރު 9 އިއްޓެއެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހަމަ އެޓީމުގެ ޖާޒީ ނަންބަރު 8 މުހައްމަދު ސާޖިދުއެވެ. ޖުމްލަ 6 ގޯލް ޖަހައިގެން މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއާއި އެންމެ މޮޅު ފޯވާރޑަކަށް ހޮވިފައި ވަނީ އިރަމާ ޓީމުގެ މުހައްމަދު އަބުދުއްރަސީދެވެ. އަދި އެންމެ މޮޅު ކީޕަރަކަށް ޖަންގަލް ޓީމުގެ ކީޕަރު ހޮވުނު އިރު އެންމެ މޮޅު ޑިފެންޑަރަކަށް މާރަންދޫ ޔޫތު ސޮަސައިޓީގެ ޖާޒީ ނަންބަރު 13 އަލީ ސަމީމް އެވެ.

މިމުބާރާތަކީ 2012 އިން ފެށިގެން އިހަވަންދޫ ދާއިރާގެ މެމްބަރ މުހައްމަދު އަބުދުއްﷲ ބާއްވަމުން އަންނަ މުބާރާތެކެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 75،000 ރުފިޔާ އަދި ރަނަރަފް ޓީމަށް 25،000 ރުފިޔާ ދެމުން އަންނަ މިމުބާރާތް އަންނަ އަހަރު ކުޅޭއިރު ޗެމްޕިއަން ޓީމަށް އެއް ލައްކަ ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށް މެޗު ނިންމާ ދެއްކެވި ވާހަކައިގައި މުބާރާތުގެ ބާނީ މުހައްމަދު އަބުދުއްﷲ ހާމަކުރެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *