އާޓިފިޝަލް ބީޗު ޕާކެއްގެ ގޮތުގައި ތަރައްޤީކޮށް، ރޯދަމަސް ފެށުމުގެ ކުރިން ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ޝާހު ވިދާޅުވީ އާޓިފިޝަލް ބީޗުގެ މަސައްކަތް އެކަށީގެންވާ ހަލުވިމިނެއްގައި ކުރިއަށްދާ ކަމަށާއި އާޓިފިޝަލް ބީޗު އަލުން ހުޅުވާއިރު މޫދަށް އެރޭ މީހުންނަށް ހާއްސަ ފާހާނާ ބަރިއެއްވެސް ހުންނާނޭ ކަމަށެވެ.

"ރޯދައަށް ހުޅުވޭތޯ މި މަސައްކަތްކުރަނީ. މުޅި އެކުން މަސައްކަތްތައް ނިންމާ ނުލެވުނު ނަމަވެސް، ޕާކެއްގެ ގޮތުގައި އާންމުންނަށް ބޭނުން ކުރެވޭނެ. ހިނގަން އޮންނަ ތަނާއި ގަސްތަކާއި ކުޑަތަކާއި އުނދޯލިތަކާއި މޫދަށް އެރޭ މީހުންނަށް ހާއްސަ ފާހާނާ ބަރި ވެސް ހިމެނޭނެ. އިރާދަކުރެއްވިއްޔާ ރޯދައަށް ހުޅުވޭނެ،" އޭނާ ވިދާޅުވިއެވެ.

އަދި އާޓިފިޝަލް ބީޗުގައި މިހާރު މޫދަށް އެރޭ ސަރަހައްދު ފުންކޮށް އެތަނަށްވެސް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށްވެސް ޝާހް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *