ހއ. ދިއްދޫ ކައިރީ އޮންނަ ފަޅު ރަށަކަށް މޫދަށް އެރި އުޅުނު އުމުރުން ފަސް އަހަރުގެ ކުއްޖަކު ގެނބިގެން ނިޔާވެއްޖެއެވެ.
އެ ހާދިސާގައި ނިޔާވެފައިވަނީ ހދ. ނޮޅިވަންފަރަށް އުފަން އަހުމަދު ޝިފާނެވެ. އެ ހާދިސާ ހިނގާފައި ވަނީ މިއަދުގެ 11:30 އެހާކަންހާއިރު އެވެ.
އެނގިފައިވާ ގޮތުގައި ޝިފާން ނިޔާވެފައި ވަނީ، އާއިލާ އެކު ދަތުރު ގޮސް މޫދަށް އެރިއުޅުމުގެ ތެރޭގައި ގެނބިގެންނެވެ.
ޝިފާންގެ ހަށިގަނޑު މިވަގުތު އޮތީ ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލްގަ އެވެ. ޝިފާން ވަޅުލުމަށް ހަމަޖެހިފަ ވަނީ ދިއްދޫގަ އެވެ.
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.