ބޮލީވުޑްގެ އެންމެ ފާހަގަ ކޮށްލެވޭ އެއް ޖޯޑުކަމަށްވާ ކަރީނާ ކަޕޫރާއި ސައިފް އަލީ ޚާންގެ ދަރިފުޅު ތައިމޫރު އަލީ ޚާންގެ އުފަންދުވަސް މިފަހަރު ފާހަގަކުރާނީ ސައުތު އެފްރިކާގައެވެ.
މިވަގުތު
އެފްރިކާގެ ކޭޕްޓައުންގައި ތިބި މިތަރިންގެ ދަރިފުޅަށް ދެއަހަރު ފުރޭނީ މިމަހު 20
ވަނަ ދުވަހުއެވެ. ރިޕޯޓް ކުރެވިފައިވާ ގޮތުގައި ތައިމޫރުގެ އުފަންދުވަހުގެ ހަރަކާތްތައް ކުރިޔަށް ގެންދާނީ ސަފާރީއެއްގައެވެ. ދާދި ފަހުން ކަރީނާގެ މެނޭޖަރ ޕޫނަމް ޑަމަނިއާ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން މިކަން ހާމަވެއެވެ. މުމްބާއި މިރާ އަށް ސައިފް ދިން އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުން އެފްރިކާގައި ލަގެޖް ބުރޭންޑެއްގެ އިޝްތިހާރު ކުޅެ ނިމުމުން ދެން ދާނީ ތައިމޫރުގެ އުފަންދުވަސް ފާހަގަ ކޮށްލުމަށް އަސް ދުއްވާލައި މިނިކާވަގުތައް ބަލައިލުމަށް ކަމަށެވެ.
ދާދިފަހުން ރާއްޖެއަށްވެސް މިދެމަފިރިންވަނީ ޗުއްޓީ ހޭދަކޮށްލުމަށް އައިސްފައެވެ. ސޮނޭވާފުށި ރިސޯޓުގައި ހޭދަކުރި ދުވަސްތަކާ ބެހޭގޮތުން ކޮންޑް ނާސްޓް ޓްރެވެލަރ އަށް އެ ދެމެފިރިން ދިން އިންޓަވިއުއެއްގައި ތައިމޫރު ލިބުނު ފަހުން ދަތުރުކުރުމަށް އައި ބަދަލާބެހޭ ގޮތުން ވަނީ ވާހަކަ ދައްކާފައެވެ. ކަރީނާ ބުނެފައިވާ ގޮތުގައި، ތައިމޫރާއެކު ކޮންމެ ކަމެއްވެސް މިކުރެވެނީ އަލަށް ކަމަށާއި އޭނާއާއެކު ދަތުރުކުރުމަކީ ތަފާތު ތަޖުރިބާއެއް ކަމަށެވެ. އަދި ރާއްޖެއަކީ ޗުއްޓީއަށް ދަތުރުކޮށްލަން ހިތްގައިމު މަންޒިލެއްކަމަށާއި ތައިމޫރަށް އައު ތަންތަން ދެއްކުމަށް ލޯބިކުރާކަމަށެވެ.