ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ޕީޕީއެމް އާއި ގުޅުނު އެމްޑީޕީ އުފެއްދުމުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި އަދި އެ ޕާޓީގެ ޗެއަރޕާސަން ކަންވެސް ކުރެއްވި ރީކޯ މޫސާ މަނިކް ޕީޕީއެމުން ވަކިވާން ނިންމައިފިއެވެ.
މޫސަ ޕީޕީއެމުން ވަކިވުމަށް އެދި ސިޓީ ފޮނުވާފައިވާކަމަށާއި މިވީ ދުވަސްތަކުގައި މޫސަ ޕީޕީއެމަށް ކޮށްދިން މަސައްކަތްތައް ބަލައިގަންނަ ކަމަށް ޕީޕީއެމުން ހާމަކޮށްފައިވެއެވެ. ކުރިން އެމްޑީޕީގައި ގިނަ މަސައްކަތްތަކެއް ކުރި މޫސަ ޕީޕީއެމްއާ ގުޅުމަށްފަހު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުކިޔެވެ. އަދި ފަހުން ރިޔާސީ އިންތިޚާބަށްފަހު ޕީޕީއެމުން ކަންތައް ކުރި ގޮތާމެދު ޕީޕީއެމަށްވެސް ވަނީ ފާޑު ކިޔާފައެވެ.
މޫސަ ޕީޕީއެމުން ވަކިވާން ނިންމާފައިވާއިރު ދާދިފަހުން އެޕާޓީގެ އިސްކޮށް ހަރަކާތްތެރިވި ޔާމީންވެސް ވަނީ އަލަށް އުފައްދާފައިވާ އެމްޓީޑީއަށް ބަދަލުވެފައެވެ. އަދި ކުރީގެ ރައީސް ޔާމީންވެސް ދަނީ އައު ޕާޓީއެއް އުފެއްދުމަށް މަސައްކަތްކުރަމުންނެވެ.