ފުލުހުންގެ މުއަސަސާއަށް މިއަދު އައު ތަރުޖަމާނަކަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް، އިޒްމިޔާ ޒާހިރު ހަމަޖައްސަވައިފިއެވެ.

މިކަން ޓްވީޓާގެ ޒަރިއްޔާއިން ހާމަކުރައްވާ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު (އެމްސީ ހަމީދު) މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އިޒްމިޔާ އެމަޤާމަށް ހަމަޖައްސަވާފައިވާކަމަށެވެ. އަދި މިއީ އަންހެން ކަނބަލެއް މި މަގާމަށް އައްޔަންކުރި ފުރަތަމަ ފަހަރުކަމަށް ވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ.

އިޒްމިޔާ ޒާހިރު ވަނީ ސިންގަޕޫރު ނޭޝަނަލް ޕޮލިސް އެކަޑެމީން ޑިގްރީ އަދި އޮސްޓްރޭލިއާގައި ޕީސް އެންޑް ކޮންފްލިކްޓް ސްޓަޑީޒް އިން މާސްޓާސް ޑިގްރީ ހާސިލްކުރައްވައިފަ އެވެ.

.
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.