ނަން ކަމުނުދާތީ ދެޕާޓީއެއް އުފައްދަން ހުއްދަ ނުދޭން އިލެކްޝަނުން ނިންމައިފިއެވެ.
ނަން ކަމުނުދާތީ ހުއްދަ ނުދޭން ނިންމީ ދަ ގްރޭޓް ގްރީން ކަނެކްޝަން ނަމަކަށް ކިޔާ ޕާޓީއަކާއި މޯލްޑިވްސް އެކްޝަން ޕާޓީ އެވެ. އެކަމަކު އެ ދެ ނަމަކީ ޕާޓީއަކަށް ކިޔަން އެކަށީގެންވާ ނަމެއް ކަމަށް ކޮމިޝަނަށް ނުފެންނާތީ އެ ދެ ނަމުގައިި ޕާޓީ އުފައްދަން ހުއްދަ ނުދޭން ނިންމީ ކަމަށް އިލެކްޝަނުން ކުރި ޓްވީޓެއްގައި ވެއެވެ.
މި ދެޕާޓީއަށް ހުއްދަ ނުދޭން ނިންމިއިރު، ދާދިފަހުންވަނީ ދެ ޕާޓީއަކަށް ހުއްދަ ދީފައެވެ. އަދި 3000 މެމްބަރުން ހަމަކޮށް އެ ދެޕާޓީން ވަނީ ކޮމިޝަނަށް ހުށައަޅާފައެވެ. އެއީ މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އާއި މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީީޑީ) އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ. އެ ޕާޓީ އަށް ކިޔާނެ ނަމެއް އަދި އިއުލާނެއް ނުކުރެ އެވެ.