ރައްޔިތުންގެ މަޖީލީހުގެ މެންބަރުންތަކެއް ވަކިވިޔަސް، ރައްޔިތުން އެމައްޗަށް އަމަލު ކުރުން ލާޒިމްކުރާ ބިލްތަކަށް މަޖިލީހުގައި ވޯޓަށް އެހުމުގައި ޤާނޫނުއަސާސީގައި ބުނާ ޤާނޫނީ އަދަދު ހަމަކުރުމުގައި އަމަލުކުރަން ޖޭހޭ ގޮތަކަށް އެއްވެސް ބަދަލެއް ނާންނަ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އަމީންއާމް ފާތިމަތު ނިއުޝާ ވިދާޅުވެއްޖެއެވެ.

ރައްޔިތުން އެމައްޗަށް އަމަލުކުރުން ލާޒިމްކުރާ ބިލްތަކަށް ވޯޓަށް އެހޭނީ މަޖިލީހުގެ ދެބައިކުޅައެއްބައި މެންބަރުން ހާޒިރުވެ ތިބޭ ޖަލްސާއެގައި ކަމަށް ޤާނޫނުއސާސީގައި ބުނެފައި ވާއިރު، މިހިނގާ ދައުރުގައި މަޖިލީހުގައި 85 މެންބަރުން ތިއްބެވުމާއިއެކު ޤާނޫނުއަސާސީ ބުނާ އަދަދަކީ 43 މެންބަރުންނެވެ.

މިދައުރުގައި މަޖިލީހަށް އިންތިހާބު ވެފައި ތިއްބެވި ހަ މެންބަރުން ވަނީ މިސަރުކާރު އުފެދުމާއި އެކު، ސަރުކާރުގެ މަޤާމުތަކަށް ވަޑައިގަތުމަށްޓަކައި މަޖިލީހުން އިސްތިއުފާ ދެއްވާފައެވެ. މަޖިލީހުން އިސްތިއުފާ ދެއްވެވީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އާއި ނައިބު ރައީސް ފައިސަލް ނަސީމް އާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާއި ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ އާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ގެ އިތުރުން ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފް އެވެ. 

މި ހަމެންބަރުން މަޖިލީހުން އިސްތިއުފާ ދެއްވުމުން މިހާރު މަޖިލީހުގައި ތިއްބަވަނީ 79 މެމްބަރުން ކަމަށް ވުމާއިއެކު، ރައްޔިތުން އެމައްޗަށް އަމަލުކުރުން ލާޒިމުކުރާ ކަންކަމުގައި ވޯޓަށް އަހުމުގެ ޤާނޫނީ އަދަދަކީ 79 މެންބަރުންގެ ދެބައިކުޅަ އެއްބައި ކަމުގައި ބައެއް ބޭފުޅުން ގެންދެވީ ވިދާޅުވަމުންނެވެ.

މެންބަރުން އިސްތިއުފާ ދެއްވި ކަމުގައި ވިޔަސް މަޖިލީހުގެ މެންބަރުންގެ ރަސްމީ އަދަދަކީ 85 ކަމަށާއި، އެހެންކަމުން ރައްޔިތުން އެމައްޗަށް އަމަލުކުރުން ލާޒިމުކުރާ ކަންކަމުގައި ވޯޓަށް އެހޭނީ 85 މެންބަރުންގެ ދެބައިކުޅަަަ އެއްބައި މަޖިލީހަށް ހާޒިރުވެ ތިބެގެން ކަމުގައި އަމީންއާމް ނިއުޝާ ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *