ސާއްބަ އެނިވާސަރީ ކަޕްގެ ގުރޫޕް ބީގެ ދެވަނަ މެޗުން ޔުނިފޯމް ބަލިވެ މުބާރާތުގެ ސެމީއަށް އަހުލީ ދަތުރުކޮށްފިއެވެ.

މިއަދު ހަވީރު ކުޅެވުނު މިމެޗު ނިމިފައިވަނީ 4-1 ގެ ބޮޑު ތަފާތަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަލީ ހުސަައިން 2 ލަނޑު ޖެހިއިރު ހަސަން ސަލީމާއި ތާޙާ ޚާލިދުވެސްވަނީ ޔުނިފޯމްގެ ގޯލު ފޫއަޅުވާލާފައެވެ. އަލީ ހުސައިން 2 ލަނޑުގެ ތެރެއިން ފަހު ލަނޑަކީ މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިން ލަނޑެކެވެ. ޔުނިފޯމްގެ ހަމަ އެކަނި ލަނޑު ޖަހައިދިނީ ޝާމިލް ރަޝީދެވެ.

މި ނަތީޖާއާއެކު ގުރޫޕް ބީއިން ސެމީއަށް ދާ ދެޓީމުވަނީ ބާކީ އެއްމެޗު އޮއްވާ ޔަގީން ވެފައެވެ. 3 ޓީމު ހިމެނޭ މިގުރޫޕުގައި ޔުނިފޯމް ކުޅުނު 2 މެޗުން ބަލިވުމުން އަހުލީ އަދި ރޫހަށްވަނީ ސެމީ ކަށަވަރުވެފައެވެ.

މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޝީލްޑާއި ރިއަލް ސްޓަރސްއެވެ. ގުރޫޕް އޭގެ މި މެޗު ފޯރި ގަދަވާނެކަމަށް ބެލެވެއެވެ. މި ގުރޫޕުން 6 ޕޮއިންޓާއެކު ޔޫތު ފްރެންޑްސް ސެމީ ޔަގީންވެފައިވާއިރު މާދަމާ ކުޅޭ މެޗުން މޮޅުވާ ޓީމަކަށް ސެމީގެ ފުރުޞަތު ބޮޑުވެގެން ދާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *