މަސްވެރިކަން ކުރުމަށް ނިކުމެ އުޅުނު ދޯންޏެއްގެ ފަލްކާ ސާފުކުރަން ފޭބި ދެމީހުން، ނޭވާލާން އުނދަގޫވެ ހާލުބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް ގެ ނޮދަން އޭރިއާއިން ހަރަކާތްތެރިވަމުން އެބަގެންދެއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދެއްވާ ގޮތުގައި، ބ.ތުޅާދޫ 'އާކް' ނަމަކަށް ކިއާ ދޯނިން ދެމީހަކުގެ ހާލުބޮޑުވެގެން މިއަދު އިރުއޮއްސި 18:40 ގައި ރިޕޯޓް ކުރެވިފައިވާ ކަމަށެވެ. އަދި މި ދޯނި އޮތީ ހއ.ތުރާކުނުގެ ހުޅަނގު އުތުރުން 12 މޭލު ބޭރުގައި ކަމަށާއި، އަދި ހއ. ހޯރަފުށީ ސީ އެމްބިއުލަންސް މިހާރު ދަނީ މެޑިކަލް ޓީމަކާއި އެކު، މި ދޯނި އޮތް ސަރަހައްދަށް ދަތުރު ކުރަމުން ކަމުގައިވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.