ރާއްޖޭގެ މަރުގެ ހުކުމް ތަންފީޒް ކުރެވޭނީ، އަދުލު އިންސާފު ގާއިމް ކުރުމުގެ ނިޒާމު އިސްލާހު ކޮށްގެން ކަމުގައި ސަރުކާރުން ބުނާބުނުމަކީ އެކަން ނުކުރުމަށް ދައްކާ ހުއްޖަތެއް ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މަރުގެ އަދަބު ދިނުން ހުއްޓުވުމަށް އދ އަށް ހުށައެޅުނު ގަރާރަކާއި ދެކޮޅަށް ދިވެހިރާއްޖޭން އިއްޔެ ވަނީ ވޯޓް ދީފައެވެ. މި ގަރާރާއި ދެކޮޅަށް ވޯޓުދިނުމުގެ އިތުރަށް ރާއްޖޭގެ ވަފުދުން އދ ގައި ބުނެފައިވަނީ، ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒް ކުރަން ޖެހޭ ކަމަށާއި، ނަމަވެސް ރާއްޖޭގައި އެކަން ކުރާނީ ޝަރުޢީ ނިޒާމަކީ ރައްޔިތުންނަށް އިތުބާރުހިފޭ ނިޒާމަކަށް ބަދަލު ކުރުމަށް ފަހުގައި ކަމަށެވެ.

މިކަމާއި ގުޅިގެން ޝަހީމް އޭނާގެ ފޭސްބުކް ޕޭޖްގައި ލިއުއްވާފައިވަނީ، އަދުލުވެރި ކަމަކީ ވަގުތުން ގާއިމުކުރަންޖެހޭ ކަމެއް ކަމަށާއި، އެއީ އެބައެއްގެ އަތްމަތީގައި އޮންނަ ކަމެށް ކަމުގައެވެ. އަދި "ޝަރުޢީ ނިޒާމުގައި މައްސަލަތަކެއް އުޅޭނަމަ އެތަނަކުން ކުރެވޭ އެއްވެސް ހުކުމެއް ސައްހައެއް ނުވާނެ ނޫންތޯ؟ ވަކި ހުކުމްތައް ތަންފީޒް ކުރެވިފައި އަނެއްބައި ހުކުމްތައް ތަންފީޒް ނުކުރެވޭންވީ ކީއްވެގެންތޯ؟ ވިދާޅުވެ ޝަހީމް ސުވާލު ކުރައްވާފައި ވެއެވެ.

ރާއްޖޭގައި މަރުގެ ހުކުމް އެންމެފަހުން ތަންފީޒް ކުރެވުނީ 1953 ވަނަ އަހަރުގައި، ކުރީގެ ރައީސް މުހައްމަދު އަމީނުގެ ވެރިކަމުގައި އެމަނިކުފާނު އަވަހާރަކޮއްލަން ސިހުރުހެދި މީހެއްގެ މައްޗަށެވެ. އެފަހަރު މަރުގެ އަދަބު ދިނީ ބަޑިޖަހައިގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *