މޫސުން ގޯސްވުމުގެ ސަބަބުން އެންޓާޓިިކާގެ އައިސް ޝެލްފެއްގައި ދިރިއުޅެމުން ކުދި ޕެންގުއިން ތަކުގެ ތެރެއިން އެތައް ހާސް ޕެންގުއިންތަކެއް މަރުވެއްޖެއެވެ.
ސައެންޓިސްޓުން ބުނިގޮތުގައި 'ބްރަންޓް އައިސް ޝެލްފް'ގެ ބައެއް ހަލާކުވެގެން ދިޔައިރު އެ ޝެލްފުގެ ކަނުގައި ތިބި ޕެންގުއިން ބައިގަނޑުގެ އެތައް ހާސް ކުދި ޕެންގުއިންތަކެއް ވަނީ ނެތިގޮސްފައިކަމަށެވެ. އަދި އެ ޕެންގުއިންތަކުގެ އާބާދީ ބޮޑުކުރުމުގައި ބޮޑު ޕެންގުއިންތައް އަންނަނީ އިހުމާލުވަމުން ކަމަށެވެ.
އަލުން ޕެންގުއިންތައް ގިނަ ކުރަން އުޅުން ވެސް ވާނީ ބޭކާރު މަސައްކަތަކަށެވެ. އެއީ ބޮޑު ގަނޑުފެން ފަރުބަދައެއް އެ މުޅި ސަރަހައްދު ހަލާކުކޮށްލުމުގެ ފުރުސަތު ބޮޑުވެފައިވާ ދަނޑިވަޅަކަށް ވާތީއެވެ.
މޫދުގައިވާ ގަނޑުފެންގަނޑު މާ އަވަހަށް ހަލާކުވެއްޖެ ނަމަ އަދިވެސް ޕެންގުއިންތަކުގެ އާބާދީ ކުޑަވުމުގެ ފުރުސަތު ބޮޑެވެ. އެއީ ކުދި ޕެންގުއިންތަކުގެ ގައިގެ ފަތްތައް ރަނގަޅަށް ނުހެދުމުުގެ ސަބަބުން މޫދުގައި ފެތުމަކީ އެ އެއްޗެއްތަށް ކުރުން ކުޅަދާނަ ކަމަކަށް ވެގެން ނުވާތީއެވެ.