ދިވެހިރާއްޖެއަށް އިނގިރޭސި ވިލާތުން ކަނޑައަޅާފައި ހުންނަ ސަފީރު ޖޭމްސް ޑައުރިސް, ނައިބު ރައީސް ފައިސަލް ނަސީމަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުވާ ގުޅުން އިތުރަށް ވަރުގަދަ ކުރުމުގެ އިތުރުން ފަތުރުވެރިކަމާއި ތައުލީމްގެ ދާއިރާ ފަދަ ދެގައުމު އެކީ މަސައްކަތް ކުރެވޭނެ ދާއިރާ ތަކަށް އިތުރަށް މަސައްކަތް ކުރުމަށްވެސް މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ނައިބު ރައީސް ވަނީ އިނގިރޭސި ވިލާތުން އެކި ކަންކަމުގައި ރާއްޖެ އަށްދޭ އެއްބާރުލުމަށް ޝުކުރު ދަންނަވާފަ އެވެ.

މީގެ އިތުރުން ނައިބު ރައީސް ވަނީ ފޯނުން ކިޔަވާކުދިންގެ ވިސާގެ ކަންކަން ހަމަޖެއްސޭނެ ގޮތެއް ރާއްޖޭގައި ގާއިމްކޮށްފައި ވުމުން އެކަމާ ޖޭމްސްއަށް ޝުކުރު ދަންނަވާފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *