ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވިލުފުށީ ދާއިރާއަށް، އެދާއިރާގެ މިހާރުގެވެސް މެންބަރު ރިޔާޒް ރަޝީދުއަށް ތާއީދު ކުރާން ނިންމަވާފައި ވާކަމަށް ރައީސް ޔާމީނު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދިއަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޔާމީނު ވަނީ އެމަނިކުފާނާއި، ޕީޕީއެމް އަށް ތާއީދުކުރަށްވާ ފަރާތްތަކުގެ ކިބައިން މަޖިލިސް އިންތިހާބުގައި ރިޔާޒު ރަޝީދު އަށް ތާއީދު ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

އަދި ވިލުފުށީ ދާއިރާއަށް ޕީޕީއެމް އިން ކެންޑިޑޭޓަކު ނުނެރޭން ނިންމާފައި ވާކަން ފާހަގަ ކުރަށްވަމުން ރައީސް ޔާމީނު ވިދާޅުވީ، ރިޔާޒު ރަޝީދަކީ ވަރަށް އިހްލާސްތެރި ކަމާއިއެކު މަޖިލީހުގައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ.

ރިޔާޒު އަކީ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. ޕީޕީއެމް ދޫކުރަށްވައި ޖޭޕީއާއި ރިޔާޒު ގުޅިވަޑައިގަތީ މިދިއަ ނޮވެމްބަރ 29 ވަނަ ދުވަހުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *