ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ ޕާސްޕޯޓް މިދިޔަ އަހަރު ސަރުކާރުން ކެންސަލްކުރީ ގާނޫނާ ޚިލާފަށް ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ޖާބިރުގެ ޕާސްޕޯޓް އިމިގްރޭޝަނުން މިދިޔަ އަހަރުގެ މެއި މަހު ކެންސަލްކުރީ ފުލުހުން ބަލަމުން ދިޔަ މައްސަލައަކާ ގުޅިގެން އޭނާގެ ޕާސްޕޯޓް ކެންސަލް ކުރަން އެދުމުންނެވެ.

މައްސަލަ ޖާބިރުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އިމިގްރޭޝަންގެ ގާނޫނާއި ޕާސްޕޯޓާ ބެހޭ ގާނޫނާއި އެހެން ގާނޫނުތަކާއި ގަވާއިދުތައް އޮތްގޮތުން ވެސް ދިވެހި އެއްވެސް ރައްޔިތެއްގެ ޕާސްޕޯޓް ކެންސަލް ކުރުމުގެ ބާރު އިމިގްރޭޝަނަށް ލިބިފައިނުވާ ކަމަށާއި، ޖާބިރު ޕާސްޕޯޓް ކެންސަލް ކުރަން ނިންމި ނިންމުމަކީ ގާނޫނު އަސާސީގެ 19 ވަނަ މާއްދާ އާއި 41 ވަނަ މާއްދާއާ ޚިލާފް، ބާތިލް ނިންމުމެއް ކަމަށް އެ ހުކުމުގައިވެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *