މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީން 3000 މެންބަރުން ހަމަކޮށް އިލެކްޝަން ކޮމިޝަނަށް ފޯމް ހުށަހަޅައިފި އެވެ.
އެމްޓީޑީ އިން ބުނީ، އެޕާޓީގެ ފަރާތުން 3333 މެންބަރުންގެ ފޯމް އީސީއަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.
އެމްޓީޑީ އަކީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސް އިސްމާއިލް އާސިފްގެ ޕާޓީ އެކެވެ. އެޕާޓީއަށް ވަރަށް ފަހުން ވަނީ ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ރަޝީދު ސޮއި ކުރައްވާފަ އެވެ.
ސިޔާސީ ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުމައި މަދުވެގެން 300 މީހުން ބައިވެރިވާންޖެހޭނެ އެވެ. އަދި އީސީގެ ދަށުން ބާއްވާ ބައްދަލުވުމުގައި ޕާޓީގެ އަސާސީ ގަވާއިދާއި ޕާޓީގެ މެނިފެސްޓޯ ފާސްކުރަންޖެހޭނެ އެވެ. ޕާޓީއަށް ހުއްދަ ދޭނީ އެކަންތައް ކޮށްފައި ހުށަހެޅުމުންނެވެ.
އެ ޕާޓީ ހަދަން ހުއްދަ ދީފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. އެ ދުވަހު ޕާޓީގެ ފުރަތަމަ މެންބަރުގެ ގޮތުގައި ކުރީގެ ނައިިބު ރައީސް އަހުމަދު އަދީބު ވަނީ ސޮއި ކުރައްވާފަ އެވެ.