ފަހު ވަގުތު ޖެހި ދެލަނޑުން ރިއަލް ސްޓަރސްގެ މައްޗަށް ޔޫތު ފްރެންޑްސް ކުރި ހޯދައިފިއެވެ.
ސާއްބަ އެނިވާސަރީ ކަޕްގައި އިއްޔެ ހަވީރު ކުޅެވުނު މިމެޗު ޔޫތު ފްރެންޑްސްް ކާމިޔާބުކުރީ 3-2 ލަނޑުންނެވެ. ފުރަތަމަ ލަނޑު މެޗުގެ 13 ވަނަ މިނެޓްގައި ޖަހައި ކުރި ހޯދީ ރިއަލް ސްޓަރސްއިންނެވެ. އެލަނޑު މުހައްމަދު ނައުޝާދު ޖަހައިދިން ނަމަވެސް އޭގެ ދެ މިނެޓްފަހުން ޔޫތު ފްރެންޑްސްގެ ޖާދުﷲ އަލީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކުރިއެވެ. އަދި ހާފު ނިމުމުގެ ކުރިން ނައުޝާދު ޖެހި ލަނޑުން ފުރަތަމަ ހާފު ނިމުނީ ރިއަލް ސްޓަރސް ކުރީގައި އޮވެގެނެވެ. މެޗުގެ ބޮޑުބައި ރިއަލް ސްޓަރސްއިން ލީޑު ނަގައިގެން ކުޅުނު ނަމަވެސް ޔޫތު ފްރެންޑްސް ކޮޅަށް މެޗު އެނބުރުނީ 85 އަދި 89 ވަނަ މިނެޓްތަކުގައި ހުސައިން ޝަރީފާއި ހަސަން ޝާހިދު ޖެހި ލަނޑުތަކުންނެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޔޫތު ފުރެންޑްސްގެ ޖާދުﷲ އަލީއެވެ.
ހދ. ހަނިމާދޫގެ ޖަމިއްޔާއެއް ކަމަށްވާ ސާއްބަ އެކުވެރި ކުލަބުގެ އަހަރީ ދުވަހާއި ގުޅިގެން ކުރިޔަށްދާ މި މުބާރާތުގައި މިއަދު ހަވީރު ބައްދަލު ކުރާނީ ޔުނިފޯމް އާއި އަހުލީއެވެ.