އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނާއި އައިލެންޑްފްރީޒް ގުޅިގެން ޔަމަނަށް އެހީވުމަށް އެހީ ހޯދުމުގެ ހަރަކާތް ހދ.ކުޅުދުއްފުށީގައި ފަށައިފިއެވެ.

މި ހަރަކާތް ފަށާފައިވަނީ މިއަދު ހެނދުނު އައިލެންޑް ފްރީޒްގެ ފަރާތުން ބޭއްވި ކުޑަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު އޮތީ ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި މިއަދު 9 ޖެހިއިރުއެވެ. ކުޅުދުއްފުށީގައި ހުންނަ ސަރުކާރުގެ ގިނަ މުއައްސަސާތަކަކަށް ދަޢުވަތުދީގެން ކުރިޔަށް ގެންދިޔަ މި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން މި ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތުން ހާމަކުރެއްވި ގޮތުގައި 150 އަށްވުރެ ގިނަ ފަރާތްތަކަށް ދަޢުވަތު ދެވުނުކަމަށާއި މި ފަންޑުފޮށިތައް ރަށުގެ 10 ފިހާރައެއްގައި ބެހެއްޓޭނެކަމަށެވެ. އަދި މިކަން ކުރިޔަށް ގެންދާނީ ދެފުށް ފެންނަ ގޮތަކަށް ކަމަށާއި، ޖެނުއަރީ މަހުގެ ތެރޭގައި މި ފަންޑް ހޯދުމުގެ ހަރަކާތް ނިންމާ ފަންޑް ފޮށިތައް ހުޅުވާނީ ގިނަ ބައެއްގެ ހާޒިރުގައި ކަމަށެވެ. އަދި ފަންޑް ފޮށި ބެހެއްޓުމުގެ އިތުރުން އެހެނިހެން ހަރަކާތްތައްވެސް ހިންގާނެކަމަށާއި އެކަންކަން ކުރިއަށް ގެންދާނީ އެކަމަށް ޝައުގުހުރި މީހުންގެ މެދުގައި ނަގާ ކޮމިޓީއެއްގެ ބެލުމުގެ ދަށުންކަމަށްވެސް ހާމަކުރިއެވެ.

މި ރަސްމިއްޔާތުގައި ޔަމަނަށް މިހާރު ދިމާވެފައިވާ ހާލަތު ދިމާވުމަށް މެދުވެރިވި ސަބަބުތަކަށް ވާހަކަ ދެކެވުނެވެ. އަދި އެކަމާ ގުޅޭ ވީޑިއޯތަކެއްވަނީ ރަސްމިއްޔާތުގެ ބައިވެރިންނާ ހިއްސާކުރެވިފައެވެ. އަދި އިންޓަރނޭސަނަލް އެއިޑް ކެމްޕެއިންގެ ހަރަކާތްތަކުގެ މައުލޫމާތުތައްވެސް ހިއްސާކުރެވުނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *