ދިވެހި ރާއްޖޭގެ ފަނޑިޔާރުގެ އިސްލާހު ކުރެވޭނީ ފަނޑިޔާރުން ވަކިކޮށްގެން ކަމަށް ބުނެ މަޝްހޫރު ގާނޫނީ ވަކީލު އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާއަށް އިންތިހާބުވި ކެންޑީޑޭޓް މޫސާ ސިރާޖު ޓްވީޓެއް ކުރެއްވުމުން އޭނާ މިއަދު ސްޕްރީމް ކޯޓަށް ހާޒިރުވުމަށް ޗިޓު ފޮނުވައިފިއެވެ.
ސްޕްރީމް ކޯޓުން ސިރާޖަށް ފޮނުވާފައިވާ ޗިޓުގައިވަނީ މިއަދު 15:00 އަށް އެ ކޯޓަށް ހާޒިރުވާން ޖެހޭނެ ކަމަށެވެ.
މިކަމާއި ގުޅިގެން "ޖަޒީރާ"އަށް މައުލޫމާތު ދެއްވަމުން މޫސާ ސިރާޖު ވިދާޅުވީ، ގަޑިއަށް ސްޕްރީމް ކޯޓަށް ދާނެ ކަމަށާއި، ކޯޓަށް ގޮސްވެސް ފަނޑިޔާރުގެ އިސްލާހުކުރަން ޖެހޭ ކަމަށް ވަކާލާތު ކުރައްވާނެ ކަމަށެވެ.
ސިރާޖު އިއްޔަ ކުރެއްވި ޓްވީޓުގައިވަނީ ސްޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ސިރާޖު ވަނީ ސްޕްރީމް ކޯޓުގައި ތިބި ބައެއް ފަޑިޔާރުންނަކީ ކޮރަޕްޓް ބައެއް ކަމަށާއި އެފަރާތްތަށް ފަނޑިޔާރުގެއިން ބޭރުކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
ފަނޑިޔާރުގެ އިސްލާހް ކުރަން ޖެހޭ ކަމަށް ބުނެ ސްޕްރީމް ކޯޓަށް ފާޑުވިދާޅުވުމުން ކުރީގެ ބަންޑާރަ ނައިބު އަދި މަރު ކޮމިޝަންގެ ރައީސް ހުއްސުއް ސުއޫދުވެސް ވަނީ އިއްޔަ ސްޕްރީމް ކޯޓަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.