އަވަށްޓެރިއެއްގެ ކުއްތާ ސަލާމަތްކުރުމުގެ ތެރޭގައި ބޭބެއަތުން ކޮއްކޮ މަރުވެއްޖެއެވެ.
އިންޑިޔާގެ މުމްބާއީގައި މިދިޔަ ހުކުރު ދުވަހު ހިނގި މި ހާދިސާ ހިނގަން މެދުވެރިވީ، އަވަށްޓެރިއެއް ގެންގުޅޭ ކުއްތާއަށް ބޭބެ ހަނޫމަންތަ ކޮލްކަރ (50އ) ގޯނާ ކުރާތީ އެ މަންޒަރު ފެނުމުން ކުއްތާ ސަލާމަތްކުރުމުގެ ބޭނުމުގައި ކޮއްކޮ (ޝިވާ / 45އ) މަސައްކަތްކުރުމުން ދިއުމުގެ ތެރޭގައި ބޭބެ ކޮއްޕާލުމުންކަމަށް، އިންޑިއަން ޓައިމްސްގައި ރިޕޯޓްކޮށްފައިވެއެވެ. އަދި ކޮއްކޮ މަރުވެފައިވަނީ ކޮއްޕާލުމުން ވެއްޓި ބޯޖެހުމުން ހެޔަށް ގޮތްވެގެން ކަމަށާއި ކޮއްކޮ ނަގައިގަނެގެން ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފައި ކަމަށް ވެއެވެ.
މި މައްސަލަ މިހާރުވަނީ ފުލުހުންނަށް ހުށައަޅާފައެވެ. އަދި އެދެމީހުންގެ ބައްޕައާ ހަވާލާދީ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ހަނުމަންތަ ބައެއް ދުވަސްދުވަހު މަސްތުގެ ހާލުގައިހުރެ ގޭގެ މީހުންނާ އަރާރުންވެ ތަޅާފޮޅައި ހަދާކަމަށެވެ.