ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވާދަކުރައްވާނީ ޕީޕީއެމްގެ ތެރެއިން ރައީސް ޔާމީނު އަލަށް އުފައްދަވާ ޕާޓީއިން ކަމުގައި އެމަނިކުފާނު ސަރުކާރުގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ލީޑަރޝިޕް އިން އެހެން ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން މިދަނީ އެޕާޓީގެ ބެލެނިވެރި ކަމުގެ މައްސަލަ ސުޕުރީމްކޯޓްގައި އޮތުމާއި، އަދި އެމައްސަލަ ނުނިމި ދިގުލާދާތީ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އެގޮތުން އަލަށް އުފައްދާ ޕާޓީގެ ނަމަކީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ) އެވެ.
އަދި މިޕާޓީ އުފެއްދެވުމުގެ މަސައްކަތްތަށް ފެށިފައި ވާކަމަށާއި، ވަރަށް އަވަހަށް އިލެކްޝަން ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.