ކޯޑް ކޭމްޕްގެ ނަމުގައި ކޯޑު ކުރަން ދަސްކޮށްދޭ ޕްރޮގްރާމެއް ފުވައްމުލަކުގައި ބާއްވައިފި އެވެ. ފުވައްމަލަކު ޓެކް ކޮމިއުނިޓީއިން އިންތިޒާމު ކޮށްގެން މި މަހު 15 އިން 17 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ޖުމުލަ 21 ކުދިން ބައިވެރިވެފައި ވެއެވެ.

ހުރިހާ އުމުރުފުރައަކަށް ހުޅުވާލައިގެން ބޭއްވި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ފުވައްމުލަކު އައިޓީ އިންކިއުބޭޓަރ ގައެވެ. މި ޕްރޮގްރާމްގައި ވަނީ އެޗްޓީއެމްއެލް، ސީއެސްއެސް އަދި ޖަވާސްކްރިޕްޓް ކިޔަވައިދީފައެވެ.

މި ޕްރޮގްރާމުގައި ބައިވެރިވި ހުރިހާ ކުދިންނަށް މިއަދު ހަންދާނީ ލިއުން ހަވާލުކޮށްފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ހިލޭ ބައިވެރިވެވޭ ގޮތަށް މިފަދަ ޕްރޮގްރާމްތަށް ކުރިއަށްގެންދާނެ ކަމަށް ފުވައްމުލައް ޓެކް ކޮމިއުނިޓީ އިން މައުލޫމާތު ދެއެވެ. މި ޕްރޮގްރާމުގައި ކިޔަވައި ދެއްވީ ސޮފްޓްވެއާ ޑިވެލޮޕްމެންޓް ދާއިރާގައި މަސައްކަތް ކުރާ އަހްމަދު އަލީ "އަޖާއިބު" އެވެ. 

އަދި މިފަދަ ޕްރޮގްރާމް ތަކުގެ ގެ ސަބަބުން ކޯޑިންގެ ދާއިރާއިން ކުރިޔަށް ދާން ބޭނުންވާ މީހުންނަށާއި، ކުދިންނަށް އިތުރަށް މިދާއިރާއިން ކުރިޔަށް ދިއުމަށް މަގުފަހިވެގެން ދާނެ ކަމަށްވެސް އަހްމަދު އަލީ ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *