އިންޑިއާ ކަނޑުގެ ސަލާމަތާއި، ރައްކާތެރި ކަމަށްޓަކައި ދިވެހިރާއްޖެއާއި އިންޑިއާގެ ގުޅުން ބަދަހިކުރުން ވަރަށް މުހިއްމު ކަމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އާއި އެކު ބޭއްވި ރަސްމީ ބައްދަލު ކުރެއްވުމަކަށް ފަހު، ހިންދީ ބަހުން މީޑިއާއަށް ދެއްވި ސްޓޭޓްމަންޓްގައި ބޮޑުވަޒީރު މޯދީ ވިދާޅުވީ، ރައީސް ޞާލިހް ހޯއްދެވި ކާމިޔާބީއަކީ އިންޑިއާއިން އުފާކުރާ ކާމިޔާބީއެއް ކަމުގައެވެ. އަދި ރައީސް ޞާލިހް އާއި ގުޅިގެން މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށެވެ. އަދި މިގުޅުން ދެގައުމަށާއި ރައްޔިތުންނަށް ފައިދާހުރި ގޮތުގައި ކުރިއަށް ގެންދަވާނެ ކަމަށްވެސް ބޮޑުވަޒީރު މޯދީ ވިދާޅުވިއެވެ.

މޯދީ އިތުރަށް ވިދާޅުވީ، ދެ ގައުމުންކުރެ ގައުމަކަށް ގެންލުން ވާނެ ކަމެއް ކުރުމަށް އެއްވެސް ގައުމަކުން އެހެން ބަޔަކަށް ފުރުސަތު ދީގެން ނުވާނެ ކަމަށާއި، މި ދެ ގައުމުގެ ގުޅުމަކީ ހަމަހަމަ ހިއްސާއެއް ކޮންމެ ގައުމަކަށްވެސް އޮތް ގުޅުމެއްކަމުގައެވެ.

މި ބައްދަލު ކުރެއްވުމުގައި ދެބޭފުޅުންވެސް ވަނީ ސަރަހައްދީ ރައްކާތެރިކަން ގާއިމުކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.