އިންޑިއާއިން ދޭން އެއްބަސްވެފައިވާ 1.4 ބިލިއަން ޑޮލަރަކީ ދަރަންޏެއް ނޫންކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އިންޑިއާއިން ދިވެހިރާއްޖެއްށް މާލީ އެހީތެރިކަން ދިނުމަށް، މިއަދު އިންޑިއާ އާއި އެކު ސޮއި ކުރެވުނު އެއްބަސޮވުންތަކުގެ ތަފްސީލް މީޑިއާ އަށް ދެއްވަމުން މިނިސްޓަރ އަމީރު މިއަދު ވިދާޅުވީ، އިންޑިއާއިން ދޭން އެއްބަސްވި 1.4 ބިލިއަން ޑޮލަރަކީ ދަރަންޏެއް ނޫންކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ދެގައުމުގެ ސެންޓްރަލް ބޭންކުން ހަދާފައިވާ ކަރަންސީ ސްވަޕްގެ އެއްބަސްވުން 200 މިލިއަން ޑޮލަރުން 400 މިލިއަން ޑޮލަރަށް އިތުރު ކުރުމާއި، ރާއްޖޭގައި ހިންގާ އިގްތިޞާދީ މަޝްރޫޢު ތަކަށް އިންޑިއާގެ އެގްޒިމް ބޭންކުން ދޫކުރާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ކަމުގައެވެ. އަދި މި ކްރެޑިޓް ލައިންގެ ތެރެއިން ނަގާ ލޯނުތަކުގެ އިންޓްރެސްޓަކީ 1.5 ޕަސެންޓް ކަމުގައިވެސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ، އިންޑިއާއިން ދޭން އެއްބަސްވި 1.4 ބިލިއަން ޑޮލަރުގެ ތެރޭގައި ދައުލަތުގެ ބަޖެޓް ސަޕޯޓަށް ބޭނުންވާ 200 މިލިއަން ޑޮލަރުވެސް ހިމެނޭ ކަމުގައެވެ. އަދި އޭގެތެރޭގައި 50 މިލިއަން ޑޮލަރުގެ ލޯނު އެހީވެސް ހިމެނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.