އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު ހަތަރު އެއްބަސްވުމެއްގައި ސޮއި ކުރަށްވައިފިއެވެ. މިއަދު އިންޑިއާގެ ބޮޑުވަޒީރުގެ ރަސްމީ އޮފީސް "ހައިދަރުއާބާދު ހައުސް" ގައި ރައީސް ޞާލިހް އާއި ބޮޑުވަޒީރު މޯދީ ބޭއްވެވި ރަސްމީ ބައްދަލުވުން ތަކަށްފަހު ހަތަރު ކަމަކަށް އެއްބަސްވެވި ސޮއި ކުރެވުނެވެ. އެއީ ވިސާއާއި ގުޅޭ އެއްބަސްވުމަކާއި، ދަނޑުވެރިކަމުގެ ވިޔަފާރިއާއި ގުޅޭ އެއްބަސްވުމަކާއި، ހެރިޓޭޖާއި ގުޅޭ އެއްބަސްވުމަކާއި، އައިސީޓީ އާއި ގުޅޭ އެއްބަސްވުމެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިފަހުން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު، އިންޑިއާއަށް ކުރެއްވުމުގެ މައިގަނޑު ބޭނުމަކީ ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމާއި، ގުޅިގެން ކުރިއަށްދެވޭނެ ދާއިރާ ތަކާއި ބެހޭގޮތުން މަޝްވަރާ ކުރެއްވުމެވެ.

އެއްބަސްވުން ތަކުގައި ސޮއި ކުރަށްވާ، އަދި އެއްބަސޮވުންތައް ބަދަލު ކުރެއްވުމަށްފަހު ރައީސް ޞާލިހް އާއި ބޮޑުވަޒީރު މޯދީ އާއި ދެބޭފުޅުން ވެސް ވަނީ ރަސްމީ ބަޔާނެއް އިއްވަވާފައެވެ. ދެބޭފުޅުންގެ ބަޔާނުގައިވެސް ދެގައުމުގެ ގުޅުން  ބަދަހިކުރުމުގެ މުހިއްމުކަމުގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ. އަދި އެއްބަސްވެވުނު ކަންކަމުގެ މައްޗަށްވެސް އަލި އަޅުވާލެއްވެވިއެވެ. ހާއްސަ ގޮތެއްގައި ވިސާގެ އެއްބަސްވުމުގެ ސަބަބުން ދިވެހިންނަށް ލިބޭނެ ލުއިފަސޭހަ ކަން ފާހަގަ ކުރެއްވެވިއެވެ.

ރައީސް ޞާލިހް އިންޑިއާއަށް ކުރައްވަމުން މިގެންދަވާ ރަސްމީ ދަތުރުފުޅުގައި ދެން ކުރިއަށްއޮތީ އިންޑިއާގެ ރައީސް އާއި ނައިބު ރައީސް އާއި ބައްދަލު ކުރެއްވެވުމެވެ. މިކަން ކުރިއަށްދާނީ ރަސްމީ ގަނޑުވަރު 'ރާޖަޕަތީބަވަން' ގައެވެ. މިއީ ރައީސްގެ މި ދަތުރުފުޅުގެ ފަހު ހަރަކާތެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.