ރައިސް އަބްދުﷲ ޔާމީންގެ ވެެރިކަމުގައި ރޫޅާލެވުނު ކަޅުވަކަރު މިސްކިތް އަލުން ރާވައި ބަހައްޓާނެ ތަނެއް ކަނޑައެޅުމަށް އާންމުންގެ ހިޔާލަށް ހުޅުވާލުމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖްއިން ނިންމައިފިއެވެ.

މިނިސްޓަރ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވީ، ކަޅުވަކަރު މިސްކިތް އަލުން ރާވައި ބަހައްޓާނެ ތަނެއް ކަނޑައެޅުމަށް އާންމުންގެ ހިޔާލު ހޯދުމަށް ބާއްވާ ފޯރަމް އަންނަ ބުދަ ދުވަހުގެރޭ 8:45 ގައި ރަސްރަނި ބަގީޗާގައި އޮންނާނެ ކަމަށެވެ. ވީމާ މި ފޯރަމްގައި ވިހާވެސް ގިނަ އާންމުން ބައިވެރިވެ ހިޔާލު ފާޅުކުރެއްވުމަށް އެދިލައްވާ ކަމުގައެވެ.

ރައިސް އަބްދުﷲ ޔާމީންގެ ވެެރިކަމުގައި ރަސްރަނި ބަގީޗާގެ އިރުމަތީ ފަރާތުގައި ހުރި ކަޅުވަަކަރު މިސްކިތް ހުރިތަނުން ނެގުނީ މިސްކިތް ހުރިތަނުގައި "ވިންޓާ ޕާކް" އެއް ހެދުމަށެވެ. ރާއްޖޭގެ އާޡާރީ މިސްކިތެއް ނެގުމަށްފަހު އެތަނުގައި ވިންޓާ ޕާކް އެއް ހެދުމުން، އާންމުންގެ ފާޑު ކިއުންވަނީ ރައީސް އަބްދުﷲ ޔާމީން އަށް ވަރަށް ބޮޑަށް އަމާޒުވެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ވަނީ ކަޅުވަކަރު މިސްކިތް އަލުން ރާވައި، ބިނާ ކުރުމަށް ނިންމަވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.