އިންޑިއާއިން ރާއްޖެއަށް 1.4 ބިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ނިންމާފައި ވާކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އިއުލާނު ކުރަށްވައިފިއެވެ.

މޯދީ މިކަން އިއުލާނު ކުރެއްވީ ރާއްޖެއާއި އިންޑިއާ އާއި ދެގައުމުން ބޭއްވި ރަސްމީ ވާހަކަ ތަކަށްފަހު، ދެގައުމުގެ ލީޑަރުން ދެއްވި ސްޓޭޓްމަންޓް ގައެވެ.

މޯދީ ވިދާޅުވީ، ރާއްޖޭގެ 1000 ދަރިވަރުންނަށް އިންޑިއާގެ ޔުނަވަސިޓީ ތަކުން ކިޔެވުމުގެ ފުރުސަތު ފަހިކޮށްދޭން ނިންމާފައި ވާކަމަށެވެ. ދިވެހިރާއްޖެ އާއި އިންޑިއާއާއި ދެމެދު މިއަދުވަނީ ހަތަރު އެއްބަސްވުވެއްގައި ސޮއެ ކުރެވިފައެވެ. މީގެތެރޭގައި ދިވެހިންނަށް އިންޑިއާއިން ވިސާ ލިބުމުގެ ކަންކަން ފަހިކޮށްދިނުމަށް ސޮއި ކުރެވުނު އެއްބަސް ވުންވެސް ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *