އެނގޭހެއްޔެވެ؟ އަހަރުމެން އިންސާނުންގެ ފޫޅުވަޅަކީ މާތްﷲ ދެއްވަވާފައިވާ ވަރަށް އަގުހުރި ހަދިޔާއެކެވެ. މީގެ ވަރަށް ގިނަ ސަބަބުތަކެއްވެސް އެބަހުއްޓެވެ.

އުމުރުން 62 އަހަރުގެ މުސްކުޅި ފިރިހެނެއްގެ ކަނާތު ލޮލުގެ ފެނުން އެއްކޮށް ކަހަލަ ގޮތަކަށް ގެއްލި ދިޔައެވެ. ތަނެއް ފެންނަނީވެސް ވަރަށް އުނދަގުލުންނެވެ. ޚާއްޞަކޮށް ރޭގަނޑު ތަނެއް ނުވެސް ފެނެޔޭ ބުނާ ވަރަށް އޭނާގެ ލޯ އަނދިރިވި އެވެ. ލޮލުގެ ޚާއްޞަ ޑޮކްޓަރަކަށް ދެއްކުމުން އެ ޑޮކްޓަރު ބުނިކަމަށްވަނީ އޭނާގެ ލޮލުގައި އެއްވެސް މައްސަލައެއް ނެތްކަމަށެވެ. ނަމަވެސް ހުރި ހަމައެކަނި މައްސަލައަކީ ލޮލަށް ލޭ ފޯރުކޮށްދޭ ހިމަ ނާރުތަކުގެ ތެތްކަން ކެނޑި ހިކިފައިވާކަމަށާއި އެކަމުގެ ސަބަބުން އޭނާގެ ލޮލަށް ދެން ނުފެންނާނެ ކަމަށެވެ.

ނަމަވެސް ޤުދުރަތީ ބައެއް މާއްދާތައް ބޭނުންކޮށްގެން މިކަމަށް ފަރުވާ ކުރެވެން އެބަ އޮތެވެ. ބުނެދޭން މިއުޅޭ ގޮތް ބޭނުންކޮށްގެން ހަމައެކަނި ފަރުވާ ދެވެނީކީ ލޮލަށް ދިމާވާ މިފަދަ މައްސަލަތަކަށް އެކަންޏެއް ނޫނެވެ. ހަށިގަނޑުގެ އެކި ހިސާބުތަކާއި ގުޅިފައިވާ ހިމަ ނާރުތަކުގެ ތެތްކަން ކެނޑި ހިކުމުގެ ސަބަބުން ކުރިމަތިވާ އެތަކެއް ސިއްޙީ މައްސަލަތަކަކަށް ފަރުވާ ދެވެން އެބަހުއްޓެވެ. ކަންފަތާއި، ސިކުނޑިއާއި، ފަޔާއި، އަތާއި، ޗިސްމޭ ނުވަތަ ޕޭންކްރިއަސް، ތުންފަތް، ދަތްދޮޅި މިހެންގޮސް މި ލިސްޓް އޮތީ ކުރިއަށެވެ.

ކީރިތި ޤުރުއާނުން އެނގި އަދި މެޑިކަލް ސައިންސް ގެ ހޯދުންތައް ބުނާގޮތުން، މާތްﷲ ސުބްޙާނަހޫ ވަތަޢާލާ ޚަލްޤު ކުރެއްވި ދިރުން ހުންނަ ޖަނަވާރުތައް ޚަލްޤު ކުރައްވަވަނީ ގަނޑު ލޭކޮޅަކުން ނެވެ. އެއަށްފަހު އެ ގަނޑު ލޭކޮޅު ބަދަލުވެގެންދަނީ ފޫޅުވަޅަކަށެވެ. މި ފޫޅުވަޅު އުފެދުމަށްފަހު، ފޫޅުދަނޑިއަކުން ގުޅިގެންދަނީ މައިމީހާގެ ފޫޅުވަޅާއި އެވެ.

މާތްﷲ އަހަރުމެންނަށް ދެއްވަވާފައި މިވާ އާދަޔާޚިލާފް އަގުހުރި ހަދިޔާ އާއި މެދު މާބޮޑު ސަމާލުކަމެއް ދެވިފައި ނުވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެނަސް އަލުން އާ ދިރުމެއް އުފެދިގެން މިދަނީ ފޫޅުވަޅު އުފެދުމަށްފަހުގަ އެވެ. ސުބްޙާނަﷲ!!

އަހަރެމެންގެ ފޫޅުވަޅަކީ ހަމަ ޙަޤީޤަތުގައިވެސް ވަރަށް އާދަޔާޚިލާފް ތަނެކެވެ. ސައިންސްގެ ހޯދުންތައް ބުނާގޮތުން، އިންސާނެއްގެ ފުރާނަ ހިއްޕަވާތާ ތިންގަޑިއިރު ފަހުންވެސް ފޫޅުވަޅުގައި ހޫނުކަމެއް ހުރެ އެވެ. މީގެ ސަބަބެއް ކަމަށްވަނީ، މައިމީހާގެ ބަނޑުގައި ދަރިފުޅު ގަރުބަގަތީއްސުރެން އެ ދަރިފުޅަށް ބޭނުންވާނެ ކާނާ އާއި އޮކްސިޖަން ފޯރުކޮށްދެނީ ކުއްޖާގެ ފޫޅުވަޅުން ނެވެ. އަހަރެމެންގެ ހުރިހައި ނާރުތަކެއްވެސް ވަނީ ފޫޅުވަޅާއި ގުޅިފައެވެ. އެހެންކަމުން އަހަރެމެންގެ ހަށިގަނޑުގެ އެއްމެ މުހިއްމު އެއް ތަނަކީ ފޫޅުވަޅެވެ. އެއީ ހަށިގަނޑުގެ ޙަޤީޤީ ދިރުން ކަމަށްވެސް ބެލެވިދާނެ އެވެ.

ފޫޅުވަޅު ބޭނުންކޮށްގެން ފަރުވާ ދިނުން:

1- ލޮލުގެ އެތެރެ ހިކޭގޮތްވުމާއި، ލޮލުގެ ފެނުމުގެ ބާރު ދަށްވުމާއި، ނިޔަފަތީގައި ފީމާ ޖެހުމާއި، ހަންގަނޑާއި ބޮލުގެ އިސްތަށިގަނޑުގެ އޮފުކަން އިތުރުކުރުމަށް އަންނަނިވި ފަރުވާ ބޭނުން ކުރުމުން އޭގެ އެދެވޭ އަސަރު ވަރަށް އަވަހަށް ފެންނާނެ އެވެ. ރޭގަނޑު ނިދަން އޮށޯތުމުގެ ކުރިން، ތިން ތިކި ޚާލިޞް ގިތެޔޮ ނުވަތަ ކާށިތެޔޮ، ފޫޅުވަޅުގެ ތެރެއަށް އެޅުމަށްފަހު ރަނގަޅަށް އުނގުޅާލާށެވެ. މިހެން އުގުޅާއިރު ފޫޅުވަޅުގެ އެކެއް ބައި އިންޗި ބޭރަށް ވާގޮތަށް އުނގުޅާލާށެވެ.

2- ފައިތިލައިގައި ރިއްސުމަށް: ރޭގަނޑު ނިދަން އޮށޯތުމުގެ ކުރިން ތިން ތިކި އާމަނަކަ ތެޔޮ ފޫޅުވަޅަށް ޖެހުމަށްފަހު ކުރިންވެސް ބުނިގޮތަށް އުނގުޅާލާށެވެ.

3- ހީކަރުވާ ތުރުތުރު އެޅުން ކެނޑުވުމަށާއި ކަންނެތްކަން ފިލުވުމަށް، ހުޅުހުޅުގައި ރިއްސުން ފިލުވުމަށް، ހަންގަނޑުގެ ކުރަކިކަން ފިލުވުމަށް: ހުދުރެވި ތެޔޮ (މަސްޓަރޑް އޮއިލް) ގެ ތިން ތިކި ފޫޅުވަޅަށް ޖެހުމަށްފަހު ކުރިން ބުނިގޮތް ހަދާށެވެ.

ފޫޅުވަޅަށް ތެޔޮ ޖަހަންޖެހެނީ ކީއްވެގެން؟

ކުރިންވެސް ބުނެވުނު ފަދައިން، ހަށިގަނޑު ހުރިހައި ނާރުތަކެއްވެސް ވަނީ ފޫޅުވަޅާއި ގުޅިފަ އެވެ. އެހެންކަމުން ހަށިގަނޑުގެ ނާރުތަކުގައި ހުންނަން ޖެހޭ ތެތްކަން ކެނޑި ހިކޭގޮތްވެފައިވަނީ ކޮން ނާރެއްގައި ކަން ފޫޅުވަޅަށް އިޙްސާސް ކުރެވޭނެ އެވެ. މިކަން އެއްމެ ބޮޑަށް ޔަޤީން ކޮށްލެވޭ އެއްކަމަކީ ތުއްތުކުދިން ބަނޑުގައި ރިހޭތީ އުޅެން ފެށުމުން ކުދިންގެ ފޫޅުވަޅުގައި އާމަނަކަ ތެޔޮ އުނގުޅުމުން އެކުދިންނަށް އަވަސް ޝިފާއެއް ލިއްބައިދޭކަމެވެ. މި ބުނިގޮތަށް ތުއްތުކުދިންގެ ބަނޑުގައި ރިހުމަށް ރަނގަޅު އެހެން ފަރުވާއެއްވެސް މިތާނގައި ހިމަނާލާނަމެވެ. ހިމުންގޮށް މުގުރާފައިވާ ހުނގު ކޮޅަކަށް ކުޑަ ފެންފޮދެއް ނުވަތަ ތެޔޮފޮދެއް ޖަހައި ތެތްމާލުމަށްފަހު ފޫޅުވަޅުގެ ވަށައިގެން އުނގުޅާލުމުން އިސާހިތަކުން ރިހުން ކެނޑިގެން ދާނެ އެވެ.

މައުލޫމާތު ނެގީ - DailyHunt

0
0
0
1
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *