ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާގެ ރައީސް، ރާމް ނާތް ކޯވިންދާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރާޝްތުރަޕަތީ ބަވަންއަށް ވަޑައިގަތުމުން، މަރްޙަބާ ވިދާޅުވީ، އިންޑިޔާގެ ރައީސް ރާމް ނާތް ކޯވިންދާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރާޝްތުރަޕަތީ ބަވަންއަށް ވަޑައިގަތުމާއެކު، 21 ބަޑީގެ ސަލާމެއް އެރުވިއެވެ. އަދި އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑަޔަސްއަށް އަރާވަޑައިގަތުމުން، ދިވެހިރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ޤައުމީ ސަލާން ކުޅުނެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.

އިންޑިއާގެ ރައީސްގެ ރަސްމީގެކޮޅު "ރާާޝްތްރަޕަތީ ބަވަން" ގައި މިއަދު ހެނދުނު ބައްދަލުކުރެއްވި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހުގެ އަރިހުގައި ވަޑައިގެން ކެބިނެޓް މިނިސްޓަރުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދަރަ މޯދީވެސް އެ ބައްދަލު ކުރެއްވުމުގައި ބައިވެރިވެ ވަޑައިގަތެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *