ރާއްޖެ އިސްލާމް ކުރުމުގައި ދަތުރުކުރަން ބޭނުންކުރެއްވި ކަޅުއޮށް ފުންމީގެ ރިޔާ ބާއްވަން މިރަށުގައި ޖެހިކަމަށް ބުނާ ކަޑަ މިހާރު ފެންނަން ހުރީ ބިޔަ ކާނިގަހެއްގެ ގޮތުގައެވެ. މިގަސްވަނީ ވަށާ ފާރުރާނާ ހިމާޔަށް ކުރެވިފައިކަން ފާހަގަ ކޮށްލެވެއެވެ. މީގެއިތުރުން ކަޅުއޮށްފުންމި ބަނދަރު ކުރެވުނު ތަނެއްގެ ގޮތުގައި ފާހަގަ ކޮށްލެވޭ ސަރަހައްދަކީވެސް މަރޮށީގެ ނަމަށް ރީތިކަން ގެނުވާ ހާއްސަ ތަނެކެވެ.
ރީތި، ގެވެހި ދިރިއުޅެމެއް އުޅެމުންދާ މަަރޮށީގެ ރައްޔިތުންނަކީ އާންމުގޮތެއްގައި ފަރުމަހުގެ މަސްވެރިކަމަށް ބަރޯސާވެ ދިރިއުޅޭބައެކެވެ. ބޯވަ، ސަނދަރަ/ހަންދަ އަދި ރާކަންޏަކީ މަރޮށީގެ ރައްޔިތުންނާ ދޯޅަ ކެއުމެއް ކަމުގައިވެއެވެ. ސޫފި އާލާކުރުމަކީ މިރަށުގައި ފަށައިފާވާ ތަފާތުކަން ބޮޑު މަސައްކަތެކެވެ.
ރީތި ނަމޫނާ ދިރިއުޅުމެއް ދެކެންބޭނުންނަމަ ދާންވީ މިފަދަ ހިތްގައިމު ރަށްރަށަށެވެ. ގުތުރަތީ ރީތިކަމާއި ދިވެހިވަންތަ ސަގާފަތާއި އެއްސަފެއްގައި މިރަށުން ލިއްބައިދޭ ފުރިހަމަ މެހުމާންދާރީއަކީ ދިވެހީންނަށް ނަމޫނާއެކެވެ.