ކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާ ވެއްޓުނު މައްސަލަ ބަލާ ފިޔަވަޅު އެޅުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައވަނީ، ސަރުކާރާއި މާލޭ ސިޓީ ކައުންސިލުން މިކަން ލަސްނުކޮށް ބަލައި އަޅަން ޖެހޭ ފިޔަވަޅު އަޅަންޖެހޭ ކަމަށާއި މިހާދިސާގައި އަނިޔާވި ތުއްތު ކުއްޖާގެ އާއިލާއަށް ތައުޒިޔާ ކިޔާ ކަމަށެވެ.

ބަންގްލަދޭޝް ކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓުމުގެ ސަބަބުން އެކުއްޖާގެ ކޮނޑު ހުޅަށާއި، ފަޔަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އައިޖީއެމްއެޗް ގައި އޮޕަރޭޝަނެއް ކުރުމަށްފަހު ހާލު ސީރިއަސް ވުމުގެ ސަބަބުން މިހާރު ފަރުވާ ދެމުންދަނީ އައިސީޔޫ ގައި ކަމަށް އައިޖީއެމްއެޗްއިން މައުލޫމާތު ދެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *