11-0 ގެ ބޮޑު ތަފާތަކުން އަހުލީ ޖޫނިއަސް ބަލިކޮށް ޝީލްޑް އުއްމީދު އައު ކޮށްފިއެވެ.

މިއަދު ހަވީރު ކުޅެވުނު މިމެޗުގައި މޮޅު ކުޅުމެއްދެއްކި ޝީލްޑްގެ 11 ލަނޑުގެ ތެރެއިން 8 ލަނޑު ފެނިފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. އެޓީމުގެ ޖާޒީ ނަމްބަރ 11 އާސިފް ސަލީމް ހަތަރު ލަނޑު ޖެހިއިރު ޖާޒީ ނަމްބަރ 14 އަހުމަދު މުޖުތަބާއާއި ޖާޒީ ނަމްބަރ 27 އަބޫބަކުރު ސިއްދީގު ކޮންމެ ކުޅުންތެރިޔަކުވަނީ ހެޓްރިކެއް ހަދާފައެވެ. އަނެއް ލަނޑު ޖަހައިދީފައިވަނީ ހުޒާމް އަބުދުއްރަހީމް އެވެ. އަހުލީ ޖޫނިއަސްގެ އަބުދުﷲ ޝިފާޒާއި އަލީ ތައުފީގު އަދި ތާހާ ޝައްވާންއަށް ވަނީ ރީނދޫކާޑު ދައްކާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މެޗުގައި ހެޓްރިކެއް ހެދި އަބޫބަކުރު ސިއްދީގެވެ.

ހދ. ހަނިމާދޫގެ ޖަމިއްޔާއެއް ކަމަށްވާ ސާއްބަ އެކުވެރި ކުލަބުން އަހަރީ ދުވަހާއި ގުޅިގެން ކުރިޔަށް ގެންދާ މި މުބާރާތުގައި މާދަމާ ބައްދަލުކުރާނީ އެފްސީ ރިއަލް ސްޓަރސް އާއި އެފްސީ ޔޫތު ފްރެންޑްސްއެވެ. ރިއަލް ސްޓަރސްގެ ފުރަތަމަ މެޗުގައި ބޮޑު ތަފާތަކުން އަހުލީ ޖޫނިއަސްގެ މައްޗަށް ކުރި ހޯދާފައިވާއިރު ޔޫތު ފްރެންޑްސްވެސް ވަނީ ކުޅުނު ފުރަތަމަ މެޗު ވާދަވެރި ކުޅުމަކަށްފަހު ޝީލްޑް ބަލިކޮށްފައެވެ. އެހެންކަމުން މި މެޗަކީ ފޯރިގަދަ މެޗަކަށް ވެގެންދާނެކަމަށް ބެލެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.