މިދިޔަ އާދީއްތަ ދުވަހުގެ ލަންކާގައި ދިން ބޮން ގޮއްވުމުގެ ހަމަލާ ތަކާ ގުޅިގެން ކުރިޔަށް ގެންދާ ތަހުގީގު ތަކާއި ސަލާމަތީ އެހެން ސަބަބު ތަކަށް ޓަކައި، ލަންކާގެ އެއްވެސް ސަރަހައްދެއްގައި ޑްރޯން އެރުވުން މަނާކޮށްފި އެވެ.
ސްރީލަންކާގެ ސަލާމަތީ ބާރުތަކާ ހަވާލާދީ މީޑިއާތަކުން ބުނެފައިވާ ގޮތުގައި އެކަން މަނާކޮށްފައި ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ކަމަށެވެ.
މިދިޔަ އާދީއްތަ ދުވަހުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 360 އަށް ވަނީ އަރައިފަ އެވެ. އަދި މިހާރު ވެސް އެތައް ސަތޭކަ ބަޔަކަށް ހޮސްޕިޓާ ތަކުގައި އަންނަނީ ފަރުވާ ދެމުންނެވެ.
މި ހާދިސާ ހިންގާފައި ވަނީ ލަންކާގެ ތައުހީދު ޖަމާއަތުން ކަމަށް ލަންކާގެ ޑިފެންސުން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް އޭގެ ފަހުން އައިސިސް ޖަމާއަތުން ވަނީ މި ހާދިސާގެ ޒިންމާ އުފުލައިފަ އެވެ.