މިއަދު ހެނދުނު ޕޭވްމަންޓު މަތިން ހިނގާފައި ދަނިކޮށް އިމާރާތެއްގެ މަތިން ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި ޒަހަމްވި ހަތް އަހަރުގެ އަންހެން ކުއްޖާގެ އޮޕަރޭޝަންކޮށް އައިޖީއެމްއެޗުގެ އައިސީޔޫ އަށް ބަދަލުކޮށްފި އެވެ. އޭނާގެ ހާލު ވަރަށް ކްރިޓިކަލް ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

އައިޖީއެމްއެޗްގެ އޮފިޝަލަކު ވިދާޅުވީ ކުއްޖާ އައިސީޔޫ އަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ނަމަވެސް އަނިޔާގެ ތަފްސީލުތަކެއް ނުދެއްވަ އެވެ.

ސިމެންތި ބަސްތާއެއް ވެއްޓުނީ މާފަންނު ސަންފްރޮންޓް ލައިޓް ހުންނަ މ. ނަލަހިޔާ މަންޒިލްގައި މަސައްކަތް ހިނގަމުން ދަނިކޮށް މިއަދު ހެނދުނު 11:00 ޖަހާ ކަންހާއިރު އެވެ. އެ ބަސްތާއިން ޖެހި އަނިޔާވީ ބަންގްލަދޭޝްގެ އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖަކަށެވެ.

މިއަދުގެ އެ ހާދިސާއަށްފަހު އިމާރާތް ކުރުމުގެ މަސައްކަތް ކުރުން ވަގުތީ ގޮތުން ހުއްޓުވާފައިވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ. އަދި ކައުންސިލްގެ ހުއްދައެއް ނެތި އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދަން ވެސް ވަނީ އަންގާފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.