އިމާރާތުގައި މަސައްކަތް ކުރަމުން ދިޔައީ ހުއްދަ ހޯދައިގެން ކަމަށާއި ސައިޓުގައި ހިނގި ހިތާމަވެރި ހާދިސާގައި އަނިޔާވި ކުއްޖާއަށް އެހީ ވާނެ ކަމަށް ޑަބަލިއު ކޮންސްޓްރަކްޝަނުން ބުނެފި އެވެ.

އެ ކުންފުނީގެ ފޭސް ބުކް ޕޭޖް މެދުވެރިކޮށް ބުނެފައިވަނީ، ކުންފުނިން މަސައްކަތް ކުރަމުންދިޔަ ސައިޓެއްގައި ހިގި ހިތާމަވެރި ހާދިސާގައި އަނިޔާވި ކުއްޖާއަށް ބޭސް ފަރުވާގެ ހުރިހާ ކަމެއް ފުރިހަމަ ކޮށްދޭނެ ކަމަށާއި، އެ އިމާރާތުގައި މަސައްކަތް ކުރަމުން ދިޔައީ ނަގަން ޖެހޭ ހުރިހާ ހުއްދައެއް ނަގައިގެން، ރައްކާތެރިކަމުގެ ބޯޑު ވެސް ބަހައްޓައިގެން ކަމަށެވެ.

ކުންފުނިން މިހެން ބުނެފައިވީ ނަމަވެސް މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ، އެ ސައިޓްގައި މަސައްކަތް ކުރަމުން ދިޔައީ ނަގަން ޖެހޭ ހުއްދަތައް ނުނަގާ ކަމަށެވެ. ހުއްދައިގެ ބޯޑެއް އެ ސަރަހައްދުގައި ހުއްޓަސް އެއީ އެހެން މަސައްކަތެއް ކުރަން ނަގާފައިވާ ހުއްދައެއް ކަމަށް ކައުންސިލުން ބުންޏެވެ.

މާލޭ ސިޓީގެ މޭޔަރު ވިދާޅުވީ ސައިޓް ސުޕަވައިޒްކުރުމުން އިތުރު އެހެން މައްސަލަތަކެއް ވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *