މިއަދު ހެނދުނު ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ކުރެއްވި ޓްވީޓް މެސެޖެއްގައި ސިމެންތިކޮތަޅެއް ވެއްޓިޖެހި ބޮޑެތި ޒަޚަމްތަކެއް ލިބުނު ކުއްޖާގެ އާއިލާއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މިއަދު ހިނގި ހާދިސާގައި ޒަޚަމްވި ކުޑަ ކުއްޖާއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، އެ ކުއްޖާގެ ޢާއިލާއަށް ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި، އިމާރާތްކުރުމުގެ މަސައްކަތްކުރާ ފަރާތްތަކާއި އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވަމުން ގެންދެވުމަށްވެސް ކަމާބެހޭ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައެވެ.

އިމާރާތްކުރަމުންދާ ހުރިހާ ތަނެއްގެ ސަލާމަތީ ކަންކަން ފުރިހަމައަށް ހުރިތޯ މިހާރުން މިހާރަށް ބަލައި، ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅުއްވަމުން ގެންދެވުމަށް ކަމާބެހޭ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މިއަދު އަންގަވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *