ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިންޑިއާޔަށް ކުރައްވާ ދަތުރުފުޅަކީ ދިވެހިންނަށް އިތުރު ކާމިޔާބީތަކެއް ލިބިގެންދާނެ ދަަތުރުފުޅެއްކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިންޑިއާޔަށް ފުރާވަޑައިގަތުމުގެ ކުރިން އެެއާޕޯޓްގައި ބައްދަލު ކުރައްވައިފަ އެވެ. ނަޝީދު އިތުރަށް ވިދާޅުވެފައި ވަނީ، ރާއްޖޭގެ ތަރައްގީ އާއި ރައްކާތެރިކަމާ އެންމެ ބޮޑަށް ގުޅިފައިވާ ގައުމަކީވެސް އިންޑިއާ ކަމަށެވެ.
ރައީސް ސޯލިހުގެ ދެކަނބަލުން ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް މިއަދު ފުރާވަޑައިގެންނެވިއުރު އަރިހުގައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިިނިސްޓަރު އިބްރާހިމް އަމީރާއި އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލްމް އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ. ރައީސް ކަމުގެ ހުވާ ކުރުމަށްފަހު ރައީސް ސޯލިހު ބޭރު ގައުމަކަށް ދަތުރު ކުރައްވާ މިއީ ފުރަތަމަ ފަހަރެވެ.
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *