ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2019 އޭޕްރީލް 6 ގައި ބާއްވާ ގޮތަށް ނިންމައި، އަދި އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖެނުއަރީ މަހުގެ ފަހުކޮޅު ހުޅުވާލާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ދެންމެ އިއުލާނު ކުރައްވައިފިއެވެ.
ވޯޓު ލާން މިފަހަރު ރަޖިސްޓްރީ ކުރަން ހުޅުވާލާނީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ވޯޓު ލީ ތަން ނޫން އެހެން ތަނެއްގައި ވޯޓު ލާން އެކަނި ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ. އަދި ވޯޓާސް ލިސްޓް މިހާރު ތައްޔާރު ކުރަމުން އަންނަ ކަމަށް ވެސް އެ ކޮމިޝަނުން ބުނެ އެވެ.