ދަތުރުވެރިންނަށް އެންމެ އުންދަގޫ އެއްކަމަކީ، ދަތުރުކުރަން ބޭނުންވާ މަންޒިލަށް ވާސިލްވުމުގައި ދިމާވާ ދަތިތަކާއި އެމަންޒިލުން އަނެއް މަންޒިލަށް ދިއުމުގައި ހުންނަ ދަތިތަކެވެ. ނަމަވެސް ޓެކްނޮލޮޖީގެ ސަބަބުން މިއަދު އެކަންކަމަށްވެސް މިވަނީ ހައްލުހޯދިފައެވެ. ދަތުރުވެރިޔާއަށް ފަސޭހަ ގޮތްތަކެއް ޓެކްނޮލޮޖީގެ ޒަރިއްޔާއިން ހޯދިފައިވާިއިރު، ދަތުރުމަތީގެ ކަންކަން ފުރިހަމައަށް އިންތިޒާމު ކޮށްލުމުގައި އަތުގައި އޮންނަ ސްމާޓު ފޯނު ވަރަށް ބޮޑު ދައުރެއް އަދާ ކުރެއެވެ. ދަތުރުވެރިންނަށް އެންމެ ލުއިފަސޭހަ ގޮތްތަށް ހިމެނިގެން އުފެއްދުނު "ވަން ޕްލަސް ސިކްސް ޓީ" ފޯނަކީ އެގޮތުން ފާހަގަ ކޮށްލެވޭ ފޯނެކެވެ.

"ގޫގުލް ލެންސް" މި ފޯނުގެ ކެމެރާއާއި ގުޅުވައިލެވިފައިވާއިރު، މި ކެމެރާއިން ހަމަ އެކަނި ފޮޓޯ ނެގެނީކީ ނޫނެވެ. ލޮލަށް ފެންނަ ތަކެތީގެ މައުލޫމާތު މިފޯނުގެ ކެމެރާގެ ޒަރިއްޔާއިން ހޯދާލެވޭއިރު، މި ފޯނުގައި ހިމެނިފައިވާ "ވިސުއަލް ރިކޮގްނިޝަން" ގެ ސަބަބުން ބޭނުންވާ އެއްޗެއްގެ މައުލޫމާތު ވަރަށް ފަސޭހައިން ހޯދާލެވެއެވެ. އެގޮތުން ބޭނުންވާ އެއްޗަކަށް ފޯނުގެ ކެމެރާ ދިމާ ކޮށްލުމުން އެއެއްޗެއްގެ ފުރިހަމަ މައުލޫމާތު ފޯނު ބޭނުންކުރާ ފަރާތާ ހިއްސާ ކުރެވިގެންދެއެވެ.

ގަނޑުކޮޅެއްގައި ލިޔެފައިވާ ލިއުންކޮޅެއްވިޔަސް މި ފޯނުގެ ކެމެރާ ދެނެގަނެއެވެ. އަދި އެ ލިޔުމުގައި ވަނީ ކީކޭކަން އަމިއްލައަށް ހޯދާލައެވެ. މިސާލަކަށް މީހެއްގެ ބިސްނަސް ކާޑު ފޮޓޯ ނަގާލުމުން އެ ކާޑުގައިވާ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް ފަދަ ލިޔުންކޮޅުތަށް ދެނެގަނެ، އެ ނަންބަރަށް ގުޅާލަންވީތޯ ނުވަތަ ފޯނަށް ސޭވް ކޮށްލަންވީތޯ ފޯނު ބޭނުންކުރާ ފަރާތާ ސުވާލު ކޮށްލައެވެ.

މީގެ އިތުރުން އެއީ ރީތީ މަލެއް ނަމަ އެމަލުގެ މައުލޫމާތުވެސް ފޯރުކޮށްދެއެވެ. ނުވަތަ މޭވާ އެއްނަމަ އެ މޭވާގެ މައުލޫމާތުވެސް ފޯރުކޮށްދެއެވެ. ކުލަވެސް ދެނެގަނެލައެވެ. ކުރެހުންތަށްވެސް ދެނެގަންނަ މިފޯނުގެ ކެމެރާގައި "ގޫގުލް ޓްރާންސްލޭޝަން"ވެސް ހިމެނެއެވެ. މިސާލަކަށް ބޭރު ގައުމެއްގައި ހުރި ނަމަ، އަދި އެ ގައުމެއްގެ ބަސް ނޭނގޭނަމަ މިފޯނުގެ ކެމެރާގެ ޒަރިއްޔާއިން އެބަސް އިންގިރޭސި ބަހަށް ބަދަލު ކޮށްލައެވެ. މިއީ ދަތުރުވެެރިންނަށް މި ފޯނު ހާއްސަ ވެގެންދާ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ.

ދަތުރުވެރިއެއް ނަމަ މިފޯނު ވެގެންދާނީ ވަރަށްވެސް ގާތް ރަހުމަތްތެރިއަކަށެވެ. މި ފޯނުގެ އަގު މާކަ ބޮޑެއްވެސް ނޫނެވެ. ގޫގުލް ލެންސް މިފޯނުގައި އެކުލެވި، ވަރުގަދަ ކެމެރާއެއް ހަރުކުރެވިފައި ވާއިރުވެސް، މިފޯނުގެ އަގަކީ 500 އެމެރިކާ ޑޮލަރެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.