އިސްކަންދަރު ސްކޫލްގެ 58 ވަނަ އަހަރީ ދުވަހާއި ގުޅިގެން މިއަދު ބޭއްވި ރައްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދް ޞޯލިޙް އެ ސުކޫލުގެ ޑިޖިޓަލް ލައިބްރަރީ، "ނޮލެޖްހަބް" އިފްތިތާހް ކޮށްދެއްވައިފިއެވެ.
މި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވަނީ އިސްކަންދަރު ސްކޫލަށް 30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކޮށްދެވި ފަރާތްތަކަށް އެ ސްކޫލުންދޭ ހަނދާނީ ފިލާ ހަވާލުކޮށްދެއްވައިފައެވެ. އަދި މި ރަސްމިއްޔާތުގައި ރައީސް ސޯލިހު އިސްކަންދަރު ސްކޫލްގެ އީ ލައިބްރަރީ ބައްލަވައިލެއްވެވިއެވެ.
މީގެ އިތުރުން ރައީސް ވަނީ އެ ސްކޫލްގެ އޮކެސްޓްރާ ބޭންޑް އަދި ''ސޭވިންގ އަވަރ ބިލަވްޑް ޕްލޭނެޓް''ގެ ނަމުގައި އެސްކޫލްގައި ބާއްވާ އެގްޒިބިޝަން ވެސް އިފްތިތާހުކޮށްދެއްވައިފައެވެ.
އަދި ތިމާވެއްޓަށް ދަރިވަރުން އަހުލުވެރިކުރުމުގެ ގޮތުން ދަރިވަރުން ފެން ބުއިމަށް ބޭނުންކުރާ ތިމާ ވެއްޓާ ރައްޓެހި ފެން ފުޅިތައް އެޑިޔުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވަނީ އިފްތިތާހްކޮށްދެއްވާފައެވެެ.